ހުކުރު, އޮކްޓޯބަރ 10, 2025
spot_img
- Advertisement -spot_img

އޭޝިއަން ކަޕް ކޮލިފައިން: ތަޖިކިސްތާނާއި ވާދަކޮށް ރާއްޖެ ބަލިވެއްޖެ

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖޭގެ ޤައުމީ ޓީމު ކުޅުނު ތިންވަނަ މެޗުގައި ރަށުން ބޭރުގައި ތަޖިކިސްތާނާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިވެއްޖެއެވެ.

ކޮލިފައިންގައި ތަޖިކިސްތާން އެންމެ ފަހުން ކުޅުނު މެޗުގައި ފިލިފީންސް އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ރާއްޖެ އެންމެ ފަހުން ކުޅުނު މެޗުގައި ޓީމޯ ލެސްޓޭ އާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން ދިވެހި ޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން 2015 ވަނަ އަހަރު ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ތަޖިކިސްތާން އިންނެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން

ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ތަޖިކިސްތާނުން މެޗު ޑޮމިނޭޓްކުރިއިރު މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑުހޯދާފައެވެ. މިލަނޑު މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޝަހުރޮން ޝަމިއޭވްއެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް މަބަޓްޝޯވްއެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން

މީގެ އިތުރުން ވެސް މިމެޗުގައި ތަޖިކިސްތާނުން ރާއްޖޭގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ތަޖިކިސްތާން ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ތަޖިކިސްތާނަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ރާއްޖެ ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި ރާއްޖެ މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.

ގުޅުންހުރި ލިޔުންތައް