- Advertisement -spot_img

އެމްޑީޕީ ސަރުކާރުން ވިޔަފާރިތަކަށް ނުދައްކާ ހުރި ފައިސާތައް ފަސް ހަފްތާގެ ތެރޭގައި ދައްކައި ނިންމަނީ

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވިޔަފާރިތަކަށް ފައިސާ ނުދީ ހުރި ހުރިހާ ބިލްތަކަށް ފަސް ހަފްތާ ތެރޭގައި ފައިސާ ދައްކަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިއުލާން ކުރައްވާފައި ވަނީ، ނިމިދިޔަ ސަރުކާރުން ދިވެހި ވިޔަފާރިތަކަށް ފައިސާ ނުދައްކާ ހުރި އެތައް ހާސް ބިލުތަކަށް، ކުރިއަށް އޮތް ފަސް ހަފްތާގެ ތެރޭގައި ފައިސާ ދައްކައި ނިންމަވާނެ ކަމަށެވެ. މިއީ ދިވެހި އިޤްތިޞާދަށް އާ އުންމީދެއް ގެނެސްދޭނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، 2023 ނޮވެމްބަރު 17 ގައި އެމަނިކުފާނުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅާފައިވާ އެންމެހައި ބިލުތަކުގެ ފައިސާ ނުދައްކާ ހުރި ކަމަށެވެ. މިކަމުގެ ސަބަބުން ގިނަ ވިޔަފާރިތަކަށް މާލީ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ މި ފައިސާ ދެއްކުމުގެ ނިންމުމަކީ، ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިޤްތިޞާދު ނަގާ ކޮޅަށް ޖެހުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޙާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއް ކަމުގައި ސިފަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް