ހުކުރު, އޮކްޓޯބަރ 10, 2025
spot_img
- Advertisement -spot_img

މި އަހަރުގެ ނިޔަލަށް ހަވާލުނުވާ ޕާސްޕޯޓްތައް ކެންސަލްކުރަނީ

ޕާސްޕޯޓު ހެއްދުމަށްފަހު، އޭގެ ވެރިފަރާތުން ވީ އެންމެ އަވަސް ފުރުސަތެއްގައި ޕާސްޕޯޓާ ހަވާލުވުމަށް އިމިގްރޭޝަނުން އަންގައިފިއެވެ.

އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހި ޕާސްޕޯޓު  ހެއްދުމަށްފަހު، ޕާސްޕޯޓުގެ ވެރިފަރާތުން ޕާސްޕޯޓާ ހަވާލުނުވެ ގިނަދުވަސް ވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، ޕާސްޕޯޓު ހެއްދުމަށްފަހު ޕާސްޕޯޓާ ހަވާލުނުވެ، ހަ މަސް ދުވަހަށް ވުރެ ގިނަދުވަސް ވެފައިވާ ފަރާތް ތަކުން، 2025 ޑިސެމްބަރު 31 ވަނަ ދުވަހުގެ ކުރިން، ޕާސްޕޯޓާ ހަވާލުވުމަށް އިމިގްރޭޝަނުން ވަނީ އަންގައިފައެވެ.

އަދި 2025 ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް، ޕާސްޕޯޓާއި ހަވާލުނުވާ ފަރާތްތަކުގެ ޕާސްޕޯޓުތައް، ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދުގެ 19 ވަނަ މާއްދާ (ޕާސްޕޯޓު ކެންސަލްކުރުން) ގެ (ށ) ގެ 5 ގައިވާ ގޮތުގެ މަތިން ކެންސަލް ކުރެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް