ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ސިވިލް ސާވިސް، ޖުޑިޝަރީ، ކައުންސިލް މުވައްޒަފުންގެ މުސާރަތައް ބޮޑުކުރަން ރައީސް ނިންމަވައިފި

ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރު ނޮވެމްބަރު 1 ގައި ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރު ނޮވެމްބަރު 1 ގައި ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވެގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާނުގައި މި ފަރާތްތަކުގެ މުސާރަ މިއަހަރު ބޮޑުވެގެންދާނެ ކަމަށްވާނީ ދަންނަވާފައި ކަމަށާއި އަދި ކުރިންވެސް ދަންނަވާފައިވާ ފަދައިން، މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ ކަމަށެވެ.

ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އެއް ހަމަކުރުމަށް ކުރަމުން އަންނަ މަސައްކަތް ފެށީ 2022 ވަނަ އަހަރު އެވެ. މިހާތަނަށް ވަނީ ޓީޗަރުންނާއި ސިއްހީ ދާއިރާގެ މުވައްޒަފުންނާއި ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކޮށްފަ އެވެ. އެ ބަދަލާ އެކު، ސަރުކާރުގެ މުއައްސަސާތަކުގެ 46 ޕަސެންޓު މީހުންގެ މުސާރަ އަށް ބަދަލުތައް ގެނެސްފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީގު މިދިޔަ އަހަރުގެ ޖޫން މަހު ވިދާޅުވެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް