ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ޔަހޫދީން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓާލަން ގޮވާލާ ޤަރާރު އެމެރިކާއިން ވީޓޯކޮށް ފެއިލްކޮށްލައިފި

ފަލަސްތީނުގެ ޣައްޒާގައި ޖައްބާރު އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ގަތުލްއާންމު ވަގުތުން ހުއްޓާލުމަށް ގޮވާލާ ހުށަހެޅުނު ޤަރާރު އެމެރިކާއިން ވީޓޯކޮށް މިފަހަރުވެސް ފެއިލްކޮށްލައިފިއެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ޖަލްސާގައި މި ޤަރާރު އެމެރިކާއިން ވީޓޯކުރީ ޣައްޒާގައި ބަނޑުހައިހޫނުކަން ފެތުރެމުންދާ ދަނޑިވަޅެއްގައި އަދި އިސްރާއީލުން ޣައްޒާ ސިޓީ އެކީ ކޮންޓްރޯލްކުރުމަށް ހިންގަމުންދާ ހަނގުރާމައިގެ ތެރޭގައެވެ.

މި ވޯޓަށް އެހި ގަރާރަކީ ޣައްޒާގެ މައްސަލައިގައި މިދިޔަ ޖޫންމަހާއި މިދިޔައަހަރުގެ ނޮވެމްބަރު މަހުވެސް ސަލާމަތީ މަޖިލީހުން މި މައްސަލައިގައި ވޯޓަށް އެހި އެވެ. އަދި މިއީ ޣައްޒާގައި ދާއިމީކޮށް ހަމަލާތައް ހުއްޓާލުމަށް ގޮވާލި ދެވަނަ ގަރާރެވެ. ޣައްޒާގައި ހަމަލާތައް ފެށި އިރު އެމެރިކާގެ ރައީސަކަށް ހުންނެވި ޖޯ ބައިޑެންގެ ވެރިކަމުގައި ވެސް ގަރާރުތައް ވީޓޯކޮށްފައި ވާއިރު މިއީ ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަތް ފަހުން ވީޓޯކުރި ޣައްޒާގެ ދެވަނަ ގަރާރެވެ.

މި ޤަރާރުގައި ހަމާސްގެ ބެލުމުގެ ދަށުގައިވާ ހުރިހާ ރަހީނުން ދޫކޮށްލުމަށާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށް އިސްރާއީލަށް ގޮވާލާފައިވެއެވެ. އަދި އދ. ގެ އޭޖެންސީތަކާއި އެހީގެ ޕާޓްނަރުންނަށް ރައްކާތެރިކަމާއެކު އެހީ ފޯރުކޮށްދިނުމުގެ މަގު ތަނަވަސްކޮށްދިނުމަށްވެސް ގޮވާލާފައިވެއެވެ.

ސެކިއުރިޓީ ކައުންސިލްގެ އެހެން 14 މެންބަރުން މި ޤަރާރަށް ތާއީދުކުރިއެވެ. މި ޤަރާރުގައި ޣައްޒާގެ އިންސާނީ ހާލަތު ވަނީ ”ކާރިސާގެ“ ގޮތުގައި ސިފަކޮށްފައެވެ. އަދި ޣައްޒާގެ 2.1 މިލިއަން ފަލަސްތީނުންނަށް އެހީ ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށް އިސްރާއީލަށް ގޮވާލާފައިވެއެވެ.

އެމެރިކާގެ ޑެޕިއުޓީ ސްޕެޝަލް އެންވޯއީ މޯގަން އޯޓަގަސް ވޯޓުލުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައި، އެމެރިކާއިން މި ޤަރާރު ވީޓޯކުރާނެކަން ”ޝޮކެއް ނޫންކަމަށް“ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ޤަރާރުގައި ހަމާސް ކުށްވެރިކޮށްފައި ނުވުމާއި، އިސްރާއީލްގެ ދިފާއީ ހައްގު ބަލައިގަނެފައި ނުވާކަން ފާހަގަކުރެއްވިއެވެ.

ހަރުކަށި އިސްރާއީލްގެ ފަރާތުން މި ޤަރާރާ ދެކޮޅުހަދަމުން ބުނެފައިވަނީ އެމެރިކާއިން ރަނގަޅު ފަރާތުގައި ތެދުވެ ރަހީނުން ދޫކޮށްނުލާ ތިބިކަމަށެވެ.

އެމެރިކާގެ މި ވީޓޯއާ އެކު 15 މެންބަރުންގެ ކައުންސިލްގައި އެމެރިކާއަށް ވަނީ ވަރަށް ބޮޑަށް ނުރުހުން އަމާޒުވެފައެވެ.

މި ވޯޓުން އިތުރަށް ހާމަވެގެން ދިޔައީ ދުނިޔޭގެ މަސްރަހުގައި އެމެރިކާ އަދި އިސްރާއީލް އެކަހެރިވެފައިވާ މިންވަރެވެ. އިސްރާއީލުން އަންގާރަ ދުވަހު ފެށި އައު ހަމަލާތަކުން މެދުއިރުމަތީގެ ހަމަނުޖެހުން އިތުރަށް ގޯސްވެގެން ގޮސްފައިވާއިރު، ”ހަމާސްގެ ހަނގުރާމަވެރި އިންފްރާސްޓްރަކްޗަރ ނައްތާލުމަށް“ ކުރިއަށްގެންދާ މި އޮޕަރޭޝަން މަސްތަކެއް ނަގާނެކަމަށް ލަފާކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް