ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

އިނގިރޭސި ޕްރިމިއާ ލީގު: އާސެނަލުން ފޮރެސްޓް ބަލިކުރި މެޗުގައި ތަރިއަކީ ޒުބިމެންޑީ

އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި އާސެނަލުން 3-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފިއެވެ.

މި މެޗަކީ ފޮރެސްޓުގެ ކޯޗުކަމާ އެންޖް ޕޮސްޓެކޮގްލޫ ހަވާލުވިފަހުން އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ.

އާސެނަލް އަދި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗުގެ ތެރެއިން

އާސެނަލުން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގައި އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 32 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާޓިން ޒުބިމެންޑީއެވެ. މިއީ ފޮރެސްޓުގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން ޒުބިމެންޑީ ކާމިޔާބުކުރި ގޯލެކެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު އެބެރެޗީ އެޒޭ ތަނަވަސްކޮށްދިން ފުރުސަތަކުން އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް، ވިކްޓަ ޔޮކަރޭސްއެވެ.

އާސެނަލް އަދި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗުގެ ތެރެއިން

މި މެޗުގައި އާސެނަލުން ޖެހި ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ޒުބިމެންޑީ އެވެ. މި ގޯލު ޒުބިމެންޑީ ކާމިޔާބުކުރީ ފޮރެސްޓުގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެންނެވެ.

ލީގުގައި އާސެނަލުން ދެން ބައްދަލުކުރާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެއެވެ. އަދި ފޮރެސްޓު ނިކުންނާނީ ބާންލީއާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް