ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ ”ބީއެމްއެލް ވައު ކިޑްޒް ރަން“ ގެ މިއަހަރުގެ ދުވުން ކާމިޔާބު ކަމާ އެކު ބާއްވައިފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި އިއްޔެ ހަވީރު ބޭއްވި މި ދުވުމުގައި 1،000 އަށް ވުރެ ގިނަ ކުޑަކުދިން ބައިވެރިވެފައިވެއެވެ.

މި އަހަރުގެ ރޭހުގައި ދެ އަހަރާއި ތިން އަހަރުގެ އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު ދުވާފައިވަނީ އެއް ކިލޯމީޓަރަށެވެ. އަދި ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު ދުވާފައިވަނީ ދެ ކިލޯ މީޓަރަށެވެ. ހަތް އަހަރާއި ނުވަ އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިން ދުވާފައިވަނީ ތިން ކިލޯމީޓަރަށެވެ.

ބީއެމްއެލް ”ވާއު ކިޑްސް ރަން“ އަކީ މަޖާ ހަރަކާތްތަކާއި ކުޅިވަރުތައް ކުޅެވޭނެ ސްޓޭޝަންތަކާއެކު ބޭއްވި ދުވުމެކެވެ. މިއީ މި ދުވުން ބޭއްވި 10 ވަނަ އަހަރެވެ. މި ދުވުން އެންމެ ފުރަތަމަ ފަހަރު ބާއްވާފައިވަނީ 2016 ވަނަ އަހަރުއެވެ.