ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

އޭޝިއަން ހޭންޑްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ފިރިހެން ޓީމަށް ޖާޒީ ހަވާލުކޮށްފި

އޭޝިއަން ހޭންޑްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ 17 އަހަރުންދަށުގެ ފިރިހެން ޓީމަށް، ކުޅީވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޖާޒީ ހަވާލުކޮށްދެއްވައިފިއެވެ.

ފުރަތަމަ ފަހަރަށް ބާއްވާ އޭޝިއަން 17 އަހަރުން ދަށުގެ ހޭންޑްބޯލް ޗެމްޕިއަންޝިޕްގެ މެޗުތައް ކުރިއަށްދާނީ މިމަހުގެ 15 އިން 25   އަށް އުރުދުންގެ ވެރިރަށް އައްމާންގައެވެ.

އޭޝިއަން ހޭންޑްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ފިރިހެން ޓީމަށް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު | ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

މި މުބާރާތުގައި ދިވެހިރާއްޖޭގެ އިތުރުން 9 ގައުމަކުން ވާދަކުރާނެއެވެ. އެއީ ކުވައިތު، ބަހްރެއިން، ހޮންކޮންގް، ޖޯޑަން، ޗައިނީސް ޓައިޕޭ، އިންޑިއާ، ދެކުނު ކޮރެއާ، އީރާން، އަދި ސީރިއާ އެވެ.

އޭޝިއަން ހޭންޑްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ފިރިހެން ޓީމަށް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު | ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް، އޭޝިއާ ތަމްސީލުކުރާނީ އޮކްޓޯބަރު 24 އިން ނޮވެމްބަރު 1 އަށް މޮރޮކޯގައި ބާއްވާ ފުރަތަމަ ވޯލްޑް 17 އަހަރުން ދަށުގެ ހޭންޑްބޯލް ޗެމްޕިއަންޝިޕްގަ އެވެ.

ގުޅުންހުރި ލިޔުންތައް