އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ޖައިކާގެ އެހީގައި ޒޯން 4 ގައި ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރުމަށް މަޝްވަރާ ބައްދަލުވުމެއް

ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ)ގެ އެހީގައި ޒޯން 4 ގައި ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއާ ދެމެދު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމުގެ ދަށުން، އާރު.ޓީ.އެލް (RTL) ޕްރޮޖެކްޓްގެ ދަށުން ޒޯން 4 (މ، ފ، ދ، ތ އަދި ލ އަތޮޅު) ގައި ދަތުރުފަތުރުގެ ނިޒާމު ގާއިމު ކުރުމަށް ކުރަން ހަމަޖެހިފައިވާ ދިރާސާތައް ކުރުމަށް ޖައިކާގެ ފަރާތުން ދޭ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

ޖައިކާގެ އެހީގައި ޒޯން 4 ގައި ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރުމަށް ކުރިޔަށް ގެންދިޔަ މަޝްވަރާ ބައްދަލުވުން | ފޮޓޯ: މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

މި ބައްދަލުވުމުގައި ޖައިކާގެ ފަރާތުން ވަނީ މިނިސްޓްރީއާ މުހިންމު މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ. އެގޮތުން، މިހިނގާ ސެޕްޓެންބަރު އަދި އޮކްޓޯބަރު މަހު ކުރުމަށް ހަމަޖެހިފައިވާ ބޭސްލައިން ސާރވޭއާބެހޭ ތަފްސީލީ މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން، މި ސާރވޭތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ވަގުތު ތާވަލު (ޓައިމްލައިން) ވެސް މިނިސްޓްރީއާ ވަނީ ޙިއްސާކޮށްފައެވެ.

ޖައިކާގެ އެހީގައި ޒޯން 4 ގައި ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރުމަށް ކުރިޔަށް ގެންދިޔަ މަޝްވަރާ ބައްދަލުވުން | ފޮޓޯ: މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

ޒޯން 4 ގައި ހިމެނޭ މުއައްސަސާތަކާއި ރައްޔިތުންނަށް ދަތުރުފަތުރުގެ ހިދުމަތްތައް ފަސޭހަކޮށްދިނުމަށް މި ދިރާސާތަކުގެ މުހިންމުކަން ވަރަށް ބޮޑެވެ. ޖައިކާގެ އެހީތެރިކަމާއެކު މި މަސައްކަތްތައް ކުރިއަށް ގެންދެވުމަކީ، ދަތުރުފަތުރުގެ ނިޒާމު ތަރައްގީކޮށް، ރައްޔިތުންނަށް އިތުރު ފަސޭހަތައް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް