އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ނެދަލެންޑްސްގެ ޒަވީ ސިމޮންސް ޓޮޓެންހަމްއަށް ސޮއިކޮށްފި

ނެދަލެންޑްސްގެ ހުނަރުވެރި އެޓޭކިންގ މިޑްފީލްޑަރު ޒަވީ ސިމޮންސް 51.8 މިލިއަން ޕައުންޑް (60 މިލިއަން ޔޫރޯ) އަށް ޖަރުމަން ކްލަބް އާރް.ބީ. ލައިޕްޒިގް އިން ޓޮޓެންހަމް ހޮޓްސްޕާއަސް ސޮއިކޮށްފިއެވެ.

ޔޫރަޕްގެ އެތައް ކްލަބްތަކަކުން ބޭނުންވި ޒުވާން މިޑްފީލްޑަރު މިވަނީ ޓޮޓެންހަމްއާއެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޓޮޓެންހަމްއަށް ސޮއިކުރުމަށްފަހު، 22 އަހަރުގެ ސިމޮންސް ބުނެފައިވަނީ މިއީ އޭނާ ދިގު މުއްދަތަކަށް ދެކެމުން އައި ހުވަފެނެއް ކަމަށެވެ. ”އަހަރެން ވަރަށް އުފާވެއްޖެ، އަދި އަވަހަށް ކުޅުން ފަށަން ބޭނުންވެފައި މިހިރީ. މިއީ ވަރަށް މޮޅު ކްލަބެއް، އަދި އަހަރެން ކޯޗާ ބައްދަލުކުރި ވަގުތުވެސް އެނގުނު އަހަރެންނަށް އެންމެ ރަނގަޅު ތަނަކީ މިއީ ކަން،“ އޭނާ ވަނީ މެޑިކަލް ނިންމާ، ކޯޗު ތޯމަސް ފްރެންކްގެ ޓީމާ ގުޅިފައެވެ.

 ނެދަލެންޑްސްގެ ހުނަރުވެރި އެޓޭކިންގ މިޑްފީލްޑަރު ޒަވީ ސިމޮންސް ޓޮޓެންހަމްއަށް ސޮއިކުރުން

ސިމޮންސް 2023 ވަނަ އަހަރު ފްރާންސްގެ މަޝްހޫރު ކްލަބް ޕީއެސްޖީއިން އިން އާރްބީ ލައިޕްޒިގްއަށް ލޯނު އެއްބަސްވުމެއްގެ ދަށުން ގޮސް، މި އަހަރުގެ ޖެނުއަރީ މަހު އެ ކްލަބަށް ދާއިމީކޮށް ސޮއިކުރިއެވެ. ލައިޕްޒިގްއަށް ކުޅުނު 78 މެޗުގައި 22 ގޯލު ޖަހާ، 24 އެސިސްޓް ކުރިއެވެ. ނެދަލެންޑްސް ގައުމީ ޓީމަށް 28 މެޗު ކުޅެ، 5 ގޯލު ޖަހާފައިވާއިރު، އޭނާގެ ގައުމީ ޓީމު ޑެބިއު ކޮށްފައިވަނީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕްގައެވެ.

ޓޮޓެންހަމްގެ ކޯޗު ތޯމަސް ފްރެންކް ބުނީ ޒަވީ ސިމޮންސްއަކީ ކްލަބަށް ލިބުނު ވަރަށް މުހިންމު އިތުރުވުމެއް ކަމަށެވެ. ”ޒަވީއަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާގެ އުމުރުން ޒުވާން ނަމަވެސް، އޭނާއަށް ރަނގަޅު ތަޖުރިބާތަކެއް ލިބިފައި އެބަހުރި،“.

މި ސީޒަންގައި ޓޮޓެންހަމްއަށް ޖޮއާއޯ ޕާލީނިއާ އާއި މުހައްމަދު ކުޑޫސް ވެސް ވަނީ ސޮއިކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް