އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ބުރިޖަކީ ޗައިނާއާއެކު އޮތް ވަރުގަދަ ގުޅުމުގެ ފަހުރުވެރި ހެއްކެއް: ރައީސް

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިފް ބުރިޖަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އިތުބާރު ގާއިމުވެފައިވާ ދިގުދެމިގެންދާ ގުޅުންތަކުގެ ފަހުރުވެރި ހެއްކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިނަމާލެ ބުރިޖު ހުޅުވިތާ ހަތް އަހަރުފުރުމާ ގުޅިގެން ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބުރިޖާއެކު ރާއްޖެއަށް އާ މަގުތަކެއް ހުޅުވިގެންދިޔަ ކަމަށެވެ.

ހަގީގީ ޕާޓްނަޝިޕަކުން ހާސިލުކުރެވުނު އެ ފަހުރުވެރި ހެކިން ރާއްޖެއާއި ޗައިނާއާ ދެމެދު ހިއްސާކުރެވޭ އެއްބައިވަންތަކަމާއި އިތުބާރާއި ތަނަވަސްކަމުގެ ދިގުދެމިގެންދާ ގުޅުންތައް ދައްކުވައިދޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސިނަމާލެ ބުރިޖު ހުޅުވިގެންދިޔަ އިރު، އެ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅަކީ އޭރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި، މިހާރުގެ ރައީސް މުއިއްޒެވެ.

ސިނަމާލެ ބުރިޖު ހެދުމަށް ޗައިނާއިން 116 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި ލޯނުގެ ގޮތުގައި 72 މިލިއަން ޑޮލަރު ދިނެވެ. އެ މަޝްރޫއަށް ސަރުކާރުން ހަރަދުކުރީ 12 މިލިއަން ޑޮލަރެވެ.

ގުޅުންހުރި ލިޔުންތައް