ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ކުޅުދުއްފުށީގައި 2000 ހައުސިންގ ޔުނިޓު ތަރައްގީކުރަން އެޗްޑީސީއާ ހަވާލުކޮށްފި

ކުޅުދުއްފުށީ ސިޓީގައި 2000 ހައުސިންގ ޔުނިޓު ތަރައްގީކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފިއެވެ.

ހުއްޓިފައި ހުރި 400 ހައުސިންގ ޔުނިޓުގެ މަސައްކަތާއި އަލަށް ކުޅުދުއްފުށީގައި ތަރައްގީކުރާ 2000 ހައުސިންގ ޔުނިޓުގެ މަސައްކަތް އެޗްޑީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ކުޅުދުއްފުށީގައި 2000 ހައުސިންގ ޔުނިޓު ތަރައްގީކުރަން އެޗްޑީސީއާ ހަވާލުކުރުން | ފޮޓޯ: ރައީސް އޮފީސް

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ، ހަސަން ރަޝީދެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހެއިރެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު އިއުލާންކުރައްވާފައިވާ 2000 ހައުސިންގެ ތެރެއިން 700 ޔުނިޓު ތަރައްގީކުރާނީ އަމިއްލަ ގޯތީގައި ގެދޮރު ތަރައްގީކޮށްދޭނެ ފަދަ ސްކީމެއްކަމަށެވެ. އަދި ބާކީ 1300 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްގެންދާނީ ޕަބްލިކް ހައުސިންގެ ތެރެއިންކަމަށެވެ.

ކުޅުދުއްފުށީ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ މެއި މަހުގެތެރޭގައެވެ. އެ ސްކީމަށް ހުޅުވާލުމުން 1200 އަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލާފައެވެ. އެހެންކަމުން 2000 ހައުސިންގ ޔުނިޓުގެ މަސައްކަތާއެކު ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް