ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ނޮދަރން އޮފީސް ކޮމްޕްލެކްސްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތާއި އިންޖީނުގޭގެ މަސައްކަތް އަވަސްކޮށްދެއްވުމުގެ މުހިންމުކަމާއި، މަގުހެދުމުގެ މަޝްރޫޢުތަކުގައި ހުރި ބައެއް ކަންބޮޑުވުންތައް ހިމެނެއެވެ. މީގެ އިތުރުން ކުޅުދުއްފުށި ސިޓީގައި މިހާރު ފަށާފައި ހުރި މަޝްރޫޢުތައް ނިންމަވައިދެއްވުމަށް އެދިވަޑައިގެން، އެ ސިޓީއަށް އިތުރު ސްކޫލެއް ބޭނުންވާކަން ކައުންސިލް މެންބަރުން ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރުން | ފޮޓޯ: ރައީސް އޮފީސް

ކުޅުދުއްފުށީ ހޮސްޕިޓަލަށް އިތުރު ޖާގަ އާއި ޚިދުމަތްތަކާއި ވަސީލަތްތައް ބޭނުންވާކަމާއި، ޕޭޝަންޓް ޓްރާންސްފަރތަކުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި ޕެރަމެޑިކް ސްޓާފުން ބޭނުންވާކަން ހޮސްޕިޓަލުގެ ފަރާތުން ފާހަގަކުރެއްވިއެވެ. އަދި ކުނީގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށްވެސް ސިޓީ ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ އެ ސިޓީގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް