ދވެހިރާއްޖޭގެ ޤަޢުމީ ދިފާޢީ ބާރުގެ މާލޭ އޭރިއާ ކޮމާންޑް ފަޔަރ ކޮމްޕޯނަންޓާއި އެމްއެންޑީއެފް މެޑިކަލް ކޯރ ގުޅިގެން، އޮގަސްޓު 23 ވަނަ ދުވަހު ހުޅުމާލޭ ޣާޒީ ސްކޫލުގެ ގާލް ގައިޑުންނަށް ފަޔަރ އެވެއަރނެސް އަދި ފަސްޓް އެއިޑް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

އެ ސްކޫލުގެ 82 ދަރިވަރުން ބައިވެރިވި މި ޕްރޮގްރާމުގައި އަލިފާނުގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން އެ ކުދިންނާ ގުޅޭގޮތަށް ކިޔަވައިދީފައެވެ. އަދި އަލިފާން ނިއްވުމަށް އާންމުކޮށް ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން ފަސްޓް އެއިޑް ސެޝަންގައި ފަސްޓް އެއިޑްގެ އަސާސީ މަޢުލޫމާތާއި ހުނަރުތައް ދަރިވަރުންނަށް ވަނީ ދަސްކޮށްދީފައެވެ.
މި ޕްރޮގްރާމުގައި ދަރިވަރުންނަށް މަޢުލޫމާތު ދީފައިވަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ފަޔަރ ކޮމްޕޯނަންޓްގެ ފަޔަރފައިޓަރުންނާއި އެމްއެންޑީއެފް މެޑިކަލް ކޯރގެ މެޑިކުންނެވެ.