އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ޤައުމީ ދުވަހުގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު 4:30 ގައި ބާއްވަނީ

ޤައުމީ ދުވަހުގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު މާލޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި ޤައުމީ ދުވަހުގެ ހިނގާލަން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:30 ގައި ޖުމްހޫރީ މައިދާނުންނެވެ.

އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުން ހަތަރު ސަރަހައްދަކަށް ހުއްޓާނެއެވެ. އެއީ ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމައްޗަށާއި، މަޖީދީމަގު/ޗާންދަނީމަގު ހަތަރު އަނގޮޅި އާއި މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމައްޗަށެވެ.

މި ހިނގާލުން ނިންމާލާނީ ކަޅުތުއްކަލާ ކޮށްޓަށެވެ.

ގުޅުންހުރި ލިޔުންތައް