ކ. ހުރާ އަދި ކާށިދޫ ޞިއްޙީމަރުކަޒުގެ އައު އިމާރާތްތަކުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
ވަކިވަކިން ކުރިޔަށް ގެންދިޔަ މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް އަބުދުﷲ އަދި ހަވާލުކުރެއްވި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުއެވެ.

ހުރާގެ މަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ އަގަކީ 27.2 މިލިއަން ރުފިޔާއެވެ. މިއެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދާއިރާގެ އިއްޒަތްތެރި މެމްބަރު ޑރ. އަނާރާ ނަޢީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ކާށިދޫގެ މަސައްކަތް 240 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ އަގަކީ 7.1 މިލިއަން ރުފިޔާއެވެ. މިއެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދާއިރާގެ އިއްޒަތްތެރި މެމްބަރު ޢަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕްރޮޖެކްޓްތަކުގެ ދަށުން ސްކޯޕް: ވޯޑް، ނާސް ސްޓޭޝަން، ލެބޯޓްރީ، ޕްރޮސީޖަރ ރޫމް، ޕްރައިވެޓް ރޫމް އަދި ގަރާޖުގެ އިތުރުން ގުދަން އިތުރުކުރެވިގެންދާނެއެވެ.