އާދިއްތަ, އޮކްޓޯބަރ 12, 2025
spot_img
- Advertisement -spot_img

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ރ. އަނގޮޅިތީމު ކައުންސިލާއި ބައްދަލުކުރައްވައިފި

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ރ. އަނގޮޅިތީމު ކައުންސިލާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އަނގޮޅިތީމު ކައުންސިލްގެ އިސްވެރިންނާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އަނގޮޅިތީމު ކައުންސިލަށް އިސްލާމީ ދާއިރާއިން ދިމާވާ ބައެއް ދަތިތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ވުޒާރާއާއި އަނގޮޅިތީމު ކައުންސިލް ގުޅިގެން ކުރެވިދާނެ މަސައްކަތްތަތަކާއި ގުޅޭ ގޮތުންވެސް ވަނީ މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް