ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ފުވައްމުލަކަށް ގަހާއި ނާސަރީ ސާމާނު ހަދިޔާކޮށްފި

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން 5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން، ފުވައްމުލަކު ސިޓީއަށް ގަސް އަދި ނާސަރީއެއް ހިންގުމަށް ބޭނުންވާ ސާމާނު ހަދިޔާ ކުރުމުގެ ރަސްމިއްޔާތެއް މިއަދު ފުވައްމުލަކުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ ފުވައްމުލަކުގެ ގުދުރަތީ ވެއްޓާއި ރީތިކަން އިތުރަށް ހިމާޔަތްކޮށް، ސަބްޒުކުރުމުގެ މަޤްސަދުގައެވެ.

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ފުވައްމުލަކަށް ގަހާއި ނާސަރީ ސާމާނު ހަދިޔާކުރުން | ފޮޓޯ: ތިމާވެއްޓާއި ބެހޭ ވުޒާރާ

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފައްޓަވާދެއްވާފައިވާ މުހިއްމު ތިމާވެށީގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ހަދިޔާ ކުރެވުނު ގަސްތަކާއި ނާސަރީ ސާމާނަކީ ފުވައްމުލަކު ސިޓީގެ އެކި ސަރަހައްދުތަކުގައި ގަސް އިންދައި، ސިޓީ ކައުންސިލްގެ ދަށުން ހިންގޭ ނާސަރީއެއް ތަރައްޤީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ގަސް ހައްދައި ބެލެހެއްޓުމަށް ބޭނުންވާނެ އެހީތެރިކަމެކެވެ.

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ފުވައްމުލަކަށް ގަހާއި ނާސަރީ ސާމާނު ހަދިޔާކުރުން | ފޮޓޯ: ތިމާވެއްޓާއި ބެހޭ ވުޒާރާ

މި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ކަމާބެހޭ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއިރު، ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރާއި ކައުންސިލަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަދިޔާ ބަލައިގަތުމަށްފަހު، ފުވައްމުލަކު ސިޓީގެ މޭޔަރު ވިދާޅުވީ، މިކަމަކީ ސިޓީގެ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ދެއްވާ މުހިއްމު އެހީތެރިކަމެއް ކަމަށާއި، މި ގަސްތަކުގެ ސަބަބުން ސިޓީގެ ފެހިކަން އިތުރުވެ، ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ލިބިގެންދާނެ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް