ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

55 ރަށެއްގެ ކައުންސިލު އިމާރާތް އެޅުމަށް އާރުސީސީ އާއި ހަވާލުކޮށްފި

ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމަށް 631 މިލިއަން ރުފިޔާ އަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކޮށްފިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އިން މައުލޫމާތު ދެއްވި ގޮތުގައި ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 55 ރަށެއްގައި ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އާރުސީސީ އާއެކު އިއްޔެ ވަނީ ސޮއިކޮށްފައެވެ.

މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށި، އެއް އަހަރު ދުވަހުގެ ތެރޭގައި 55 ރަށުގައި އިމާރާތް އަޅާ ނިންމާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ކައުންސިލު އިމާރާތްތައް އެޅުމަށް އާރުސީސީ އާއި ހަވާލުކުރުން | ފޮޓޯ: ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ

ކޮންމެ ރަށެއްގައި އަޅާ އިމާރާތުގެ އަގު ގާތްގަނޑަކަށް 11.5 މިލިއަން ރުފިޔާއަށް އަރާއިރު، މި މަޝްރޫއުގައި ކައުންސިލަށް ބޭނުންވާ ފަރުނީޗަރާއި ވަށާފާރު ހިމެނޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގިފައިވާ ގޮތުގައި، މި މަޝްރޫއުއަށް ހުޅުވައިލުމުން ބޭރުގެ ދެ ކުންފުންޏެއް ހިމެނޭ ގޮތަށް ޖުމްލަ ހަތަރު ކުންފުންޏަކުން ކުރިމަތިލިއެވެ.

މަޝްރޫއު ހަވާލުކޮށްފައިވަނީ އޭގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހެޅި އާރުސީސީއަށެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މި 55 ކައުންސިލް އިދާރާ އެޅުމަށް ހަމަޖެހިފައިވާއިރު، ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ތެރޭން އިތުރު 50 ކައުންސިލެއްގެ އިދާރާ ވެސް އިމާރާތްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ގުޅުންހުރި ލިޔުންތައް