ހުކުރު, އޮކްޓޯބަރ 10, 2025
spot_img
- Advertisement -spot_img

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 64 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

ލ. ގަމުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ގައި 64 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ.

އެކްސިޑެންޓް ހިނގީ ލ. ފޮނަދޫ އިން ގަމަށް ދަތުރުކުރި ސައިކަލެއް ލ. ކައްދޫ އެއާޕޯޓަށް ދާން އޮންނަ މަގުން ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ. އެކްސިޑެންޓްގެ ރިޕޯޓް ފުލުހަށް ލިބުނީ ރޭ 7:18 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގައި ޒިބްރާ ކްރޮސް އިން މަގު ހުރަސްކުރި ދެ އަންހެނުންނަށާއި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާ ވެގެން ގަން ރީޖަނަލް ހޮސްޕިޓަލްއަށް ގެންގޮސްފައިވެ އެވެ. އެކްސިޑެންޓްގައި އަނިޔާވި އުމުރުން 64 އަހަރުގެ އަންހެން މީހާ ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފަ އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް