ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ޔުއެފާ ސުޕަކަޕްގެ ޗެންޕިއަންކަން ޕީއެސްޖީ ފުރަތަމަ ފަހަރަށް ހޯދައިފި

ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ރޭ ކުޅެވުނު ޔުއެފާ ސުޕަކަޕް ފައިނަލުގައި ޓޮޓެންހަމް އާއި ޕީއެސްޖީ ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީގައި 5-4 ގެ ނަތީޖާއަކުން މޮޅުވެ ޕީއެސްޖީ އިން ފުރަތަމަ ފަހަރަށް ޔުއެފާ ސުޕަކަޕް ކާމިޔާބުކޮށްފިއެވެ.

ޕީއެސްޖީ އިން ޔުއެފާ ސްޕަކަޕްގެ ޖާގައެއް ހޯދީ އެންމެ ފަހުގެ ޔުއެފާ ޗެންޕިއަންސް ލީގު ފައިނަލުގައި ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުން އިޓަލީގެ އިންޓަ މިލާން ބަލިކުރުމަށްފަހު އެވެ. އަދި ޓޮޓެންހަމް ސްޕަކަޕްގެ ޖާގައެއް ހޯދީ ޔުއެފާ ޔުރޮޕާ ލީގު ފައިނަލުގައި 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރުމަށްފަހު ެވެ.

އިޓަލީގެ ބްލޫނާޖީ ސްޓޭޑިއަމްގައި ރޭ ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޕީއެސްޖީ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ޓޮޓެންހަމް އިން ވަނީ ކައުންޓާ އެޓޭކުތަކުގައި ޕީއެސްޖީގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

މެޗު ނިމުމަށްފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާފާޅުކުރަނީ

އެގޮތުން މެޗުގެ 39 ވަނަ މިނެޓުގައި އެޓީމުން އުފެއްދި ހަމަލާއެއްގައި ޑިފެންޑަރު މިކީ ވެންޑަރ ވޭން ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ޓޮޓެންހަމް އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ކްރިސްޓިއަން ގެބްރިއަލް ރޮމޭރޯ އެވެ.

ޕީއެސްޖީގެ ކޯޗު ސުޕަކަޕް ތަށި އުފުލާލަނީ

ޓޮޓެންހަމް އިން ދެލަނޑުގެ ލީޑެއް ހޯދުމާއެކު ޕީއެސްޖީ އިން ވަނީ ބަދަލުތަކަކާއެކު އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި އެޓީމުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފަހުހާފުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސައުތު ކޮރެއާގެ ކަންގް ލީ އިން އެވެ.

ޕީއެސްޖީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޕޯޗުގަލް ފޯވާޑް ގޮންކާލޯ ރާމޮސް އެވެ. މިއީ އެޓީމުގެ އުސްމާން ޑެންބެލޭ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮށްހުރެ ބޮލުން ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޕީއެސްޖީގެ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، ޓޮޓެންހަމްގެ ފަސް ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީ އެވ

ގުޅުންހުރި ލިޔުންތައް