ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ވިޒިޓް މޯލްޑިވްސްއަށް ޒަމާނީ ޓޫރިޒަމް އިންސައިޓް ޑޭޓާ ޕްލެޓްފޯމެއް ތައާރަފުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި މާސްޓާކާޑު ގުޅިގެން ވިޒިޓް މޯލްޑިވްސްއަށް ޒަމާނީ ‘ޓޫރިޒަމް އިންސައިޓް ޑޭޓާ ޕްލެޓްފޯމެއް’ ތައާރަފުކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ މި ޕްލެޓްފޯމުން ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކަށް، ފަތުރުވެރިން އިސްކަންދޭ ކަންތައްތަކާ ގުޅޭ މައުލޫމާތު ލިބޭނެ ކަމަށެވެ. މިސާލަކަށް އޭގެ ތެރޭގައި ފަތުރުވެރިންގެ ޚަރަދުކުރުމުގެ އާދަތައް ދައްކުވައިދޭ ޑޭޓާ ވެސް ހިމެނޭނެ ކަމަށް ބޭންކުން ބުންޏެވެ.

އެ ޑޭޓާ ބޭނުންކޮށްގެން، ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ކުރިއެރުމުގެ ފުރުސަތުތައް ހޯދުމަށް މަގުފަހިވާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ވަކިން ޚާއްސަކޮށް ފަތުރުވެރިންގެ ދަތުރުގެ ކޮންމެ މަރުހަލާއެއްގައި ވެސް ފަތުރުވެރިން ކުރާ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދައި، އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ރަނގަޅު ނިންމުންތައް ނިންމުމުގެ ފުރުސަތު ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް