އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

މޯލްޑިވިއަން ބޯޓަށް ދިމާވި މައްސަލަ ހައްލުކޮށް އުމްރާވެރިން މާލެއަށް ފުރައިފި

އުމްރާވެރިން އުފުލުމަށް ޚާއްސަކޮށްފައި އޮތް، ގައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާބޯޓަށް ދިމާވި މައްސަލަ ހައްލުކޮށް، ސައޫދީ އަރަބިއްޔާގެ ޖިއްދާ އެއާޕޯޓުން ރާއްޖެ އައުމަށް ފުރައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ޖެހި މަޑުކުރަން ޖެހުނީ މޯލްޑިވިއަންގެ ފްލައިޓް ކިއު2-6360 އަށެވެ. ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު ވަނީ ދަތުރު ފަށައިފައެވެ.

މޯލްޑިވިއަންއިން އެކްސްގައި ކުރިޕޯސްޓެއްގައި ބުނެފައިވަނީ މަތިންދާ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލު ކޮށް، 2 ގަޑިއިރުގެ ޑިލޭއަކަށްފަހު ހުރިހާ ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކޮށް ޖިއްދާއިން މަތިންދާ ބޯޓު ފުރާފައިވާކަމަށެވެ. އަދި މި ޑިލޭއާއި ގުޅިގެން ފަސިންޖަރުންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދޭކަމަށާއި އަދި ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށްވެސް އެކުންފުނީގެ ޕޯސްޓްގައި ވެއެވެ.

ގުޅުންހުރި ލިޔުންތައް