ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

އޭދަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 35 އިންސަންތަ މަސައްކަތް ނިމިއްޖެ

ބ. އޭދަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 35 އިންސަންތަ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ނިންމާލައިފިއެވެ.

އޭދަފުށީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ ބަނދަރު ފާރު އެޅުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް ހަރުކުރުމުގެ މަސައްކަތްކަމަށް އެމްޓީސީސީން ބުނެއެވެ.

އޭދަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން | ފޮޓޯ: އެމްޓީސީސީ

އޭދަފުށީގައި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫްއެއް ކުރިއަށްގެންދަނީ މީގެ 30 އަހަރު ކުރިން އޭދަފުށީ ރައްޔިތުން ތަރައްގީކުރި ބަނދަރު ފުރި، ބަނދަރު ބޭނުން ކުރުމުގައި އެކިކަހަލަ ގޮންޖެހުންތަކާ ކުރިމަތިވަމުންދާތީއެވެ.

ބ. އަތޮޅުގެ ވެރިރަށް ކަމަށްވާ އޭދަފުށީގައި އޮންނަ ބަނދަރަކީ ވިޔަފާރީގެ ބަނދަރެކެވެ. އެ އަތޮޅުގެ އެހެން ރަށްރަށުން އެތައް އުޅަނދެއް ވަދެ ނުކުމެ ހަދާ ބަނދަރެކެވެ. ވިޔަފާރި މުދާ އަރުވާ ބޭލުމަށް ވަކި ސަރަހައްދެއް ކަނޑައެޅިފައި ނެތީވެސް ބަނދަރުގެ ޖާގަނެތުމުންނެވެ.

އޭދަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން | ފޮޓޯ: އެމްޓީސީސީ

ނަމަވެސް މިހާރު ކުރިއަށްދާ ބަނދަރުގެ މަޝްރޫއު ނިމުމުން ރަށު ރައްޔިތުންނަށްށާއި، ބ. އަތޮޅުގެ ރައްޔިތުންނަށްވެސް ވަރަށް ބޮޑު ލުއިފަސޭހައެއްވާނެއެވެ.

އެ ރަށުގެ ރަށުގެ ހުޅަނގުފަރާތުގައި ތަރައްގީކުރާ މިބަނދަރުގެ މަސައްކަތުގެ ދަށުން، 303 މީޓަރުގެ އެއްގަމު ތޮށިލުމާ 371 މީޓަރުގެ ބޮޑުހިލަ ރިވެޓްމެންޓާއި 18 މީޓަރުގެ ކޮންކްރީޓް ބުރިޖާއި، 119 މީޓަރުގެ ބޮޑު ހިލަ ބޭރުތޮއްޓާއި، 63 މީޓަރުގެ ނެރުފައިކަށި، 5490 އަކަ މީޓަރުގެ ސަރަހައްދެއް ހިއްކުމާއި، ވާޓަރުގައި ރޭމްޕެއް ހިމެނުމާއި، ވާޓަރާއި އިންވެގެން ޕޭވްމެންޓަކާއި ބަނދަރު ބައްތި އަދި ނެރު ބައްތި ގާއިމް ކުރުން ހިމެނެއެވެ.

ބ. އޭދަފުށީ ބަނދަރު މަޝްރޫއަކީ ގާތްގަނޑަކަށް 64.67 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ގުޅުންހުރި ލިޔުންތައް