ބުރާސްފަތި, އޮކްޓޯބަރ 9, 2025
spot_img
- Advertisement -spot_img

ފަވަރަގެ ހިދުމަތް އަލުން ދޭން ފަށައިފި

ރާއްޖޭގެ ބޭންކުތަކުގެ މެދުގައި ފަސޭހައިން ފައިސާގެ މުއާމަލާތްކުރުމަށް ބޭނުންކުރާ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) ފަވަރަގެ ހިދުމަތަށް ބުރޫއެރުމަށްފަހު އަލުން ޚިދުމަތް ދޭން ފަށައިފިއެވެ.

މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ތަންފީޒުކުރާ ފަވަރަގެ ހިދުމަތަށް ބުރޫއެރީ މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމާ ގުޅިގެންނެވެ. މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ ކުރިމަތިވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ.

ނަމަވެސް މިހާރު ފަވަރައިގެ ހިދުމަތް އަލުން ލިބޭނެކަމަށާއި އަދި ޚިދުމަތް މެދުކެނޑުމާ ގުޅިގެން ދިމާވި އުދަގޫތަކަށް އެމްއެމްއޭއިން މައާފަށް އެދިފައިވެއެވެ.

ފަވަރައިގެ ހިދުމަތަކީ ރާއްޖޭގައި ޕޭމެންޓު ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ މުހިއްމު ޕްލެޓްފޯމަކަށްވާއިރު މިއީ ފަރުދުންނައި ވިޔަފާރިތަކުން އެތައް މިލިއަން ރުފިޔާގެ މުއާމަލާތެއް ކުރުމަށް ކޮންމެ ދުވަހުކުވެސް ބޭނުންކުރާ ޕްލެޓުފޯމެކެވެ.

ފަވަރަ މެދުވެރިކޮށް ރާއްޖޭގެ އެއް ބޭންކުން އަނެއް ބޭންކަށް ފަސޭހަކަމާއި ހަލުއިކަމާއެކު ފައިސާ ފޮނުވޭއިރު، ވިޔަފާރިތަކަށް ގިނަ އަދަދެއްގެ ފައިސާ އެއް ބޭންކުން އަނެއް ބޭންކަށް ފޮނުވުމަށް ބިލު ފޮނުވައިގެން ފައިސާގެ މުއާމަލާތްތައް ހިންގޭނެއެވެ.

ގުޅުންހުރި ލިޔުންތައް