އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ބޮޑެތި އިނާމްތަކާއެކު އެސްޓީއޯ ބެކްޓުސްކޫލް ޕްރޮމޯޝަން ފަށައިފި

ބޮޑެތި އިނާމްތަކާއެކު އެސްޓީއޯ ބެކްޓުސްކޫލް ޕްރޮމޯޝަން ފަށައިފި އެވެ.

ބުދަ ދުވަހު ފެށި މި ޕްރޮމޯޝަންގެ ދަށުން ސްކޫލް ކުދިންގެ އިންޓަވަލަށް ބޭނުން ކުރެވޭނެ ގިނަ ޕްރޮޑަކްޓްތަކެއް ވަރަށް ހެޔޮ އަގެއްގައި ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެގޮތުން، އާއްމުންނާއި ކުޑަކުދިންގެ ތެރޭގައި މަޝްހޫރު ޑެވޮންޑޭލް ކިރު ޕެކެޓް އަދި ކްރޫގަރ ބްރޭންޑްގެ ހުރިހާ އުފެއްދުމެއްވެސް ލިބެން ހުންނާނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން، ހޮވާލެވޭ ބްރޭންޑްތަކުން 100ރ. އަށް ވުރެ ގިނައިން ވިޔަފާރި ކުރާ ކޮންމެ މީހަކަށް ކޫޕަނެއް ލިބޭނެއެވެ. ކޫޕަންގެ ގުރުއަތު ނެގުން އޮންނާނީ އަންނަ ސެޕްޓެމްބަރުގެ ހަތެއްގައި ޕްރޮމޯޝަން ނިމުމަށް ފަހުގައެވެ. ގުރުއަތުން ހޮވޭ ތިން މީހަކަށް، ކުޑަކުދިންގެ ތެރޭގައި މަގުބޫލު ”ޕީކަބޫ“ ފިހާރައިގެ އަގުހުރި ތިން ގިފްޓް ވައުޗަރ ލިބޭނެއެވެ. އެގޮތުން އެއް ވަނަ އަށް ހޮވޭ މީހަކަށް 5000ރ.، ދެ ވަނައަށް ހޮވޭ މީހަކަށް 2500ރ. އަދި ތިން ވަނައަށް ހޮވޭ ނަސީބުވެރިއަކަށް 1،500ރ. ގެ ވައުޗަރެއް ލިބޭނެއެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން އިންޓަވަލް ފުޅި ފަދަ ސްކޫލް ކުދިންނަށް ބޭނުންވާ މުހިއްމު ގިނަ ސާމާނަކުން ބޮޑު ޑިސްކައުންޓްތަކެއްވެސް ލިބޭނެއެވެ. ހަމަ އެއާއެކު ދެ ޕްރޮޑަކްޓެއް ގަތުމުން ހިލޭ އެކަތި ލިބުމުގެ ފުރުސަތުވެސް މި ޕްރޮމޯޝަންގެ ދަށުން ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް