ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ބ. އަތޮޅުގެ ތިން ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތް ފެނަކަ އަށް

ބ. އަތޮޅުގެ 3 ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތްތައް ސަރުކާރުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފި އެވެ.

ސަރުކާރުން ފެނަކަ އާއި ހަވާލުކޮށްފައިވަނީ ބ. ހިތާދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތާއި މާޅޮހާއި ދޮންފަނު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ.

ބ. އަތޮޅުގެ ތިން ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތް ފެނަކަ އަށް ޙަވާލުކުރުން | ފޮޓޯ: ހެލްތް މިނިސްޓްރީ

އެގޮތުން ބ. ހިތާދޫ ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތްކުރުމަށް ފެނަކައާ ހަވާލުކުރީ 33.7 މިލިޔަން ރުފިޔާއަށެވެ. މި މަސައްކަތް 730 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. އަދި ބ.މާޅޮހާއި ދޮންފަނުގެ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެނަކާ ހަވާލުކޮށްފައިވަނީ 12.1 މިލިޔަން ރުފިޔާއަށެވެ. އެ ދެ ތަނުގެ މަސައްކަތްވެސް 545 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ބ. އަތޮޅުގެ ތިން ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތް ފެނަކަ އަށް ޙަވާލުކުރުން | ފޮޓޯ: ހެލްތް މިނިސްޓްރީ

މާޅޮހާއި ދޮންފަނުގެ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމް އަދި ޕޯޓިކޯ އާއި ވަށާފާރު އިތުރުކުރެވިގެންދާނެއެވެ.

މީގެއިތުރުން ހިތާދޫ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ ޕްރޮޖެކްޓުގެ ދަށުން ވޯޑަކާއި، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ލޯންޑްރީ އަދި ސްޓޯ ރޫމް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް