ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން އާރްޑީސީއާ ހަވާލުކޮށްފި

ސަރުކާރުން 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ)އާ މި މަސައްކަތް ކުރުމަށް ހަވާލުކުރީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިންނެވެ.

11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން އާރްޑީސީއާ ހަވާލުކުރުން | ފޮޓޯ: އާރްޑީސީ

މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ. އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޡީމް އެވެ.

11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން އާރްޑީސީއާ ހަވާލުކުރުން | ފޮޓޯ: އާރްޑީސީ

މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ހަވާލުކުރި ރަށްތައް:

1- ހއ. ތުރާކުނު

2- ހދ. ނޮޅިވަރަމްފަރު

3- ހދ. ފިނޭ

4- ށ. މަރޮށި

5- ނ. މާފަރު

6- ބ. ތުޅާދޫ

7- ބ. ކުޑަރިކިލު

8- މ. މުލި

9- ތ. ގުރައިދޫ

10- ތ. ހިރިލަންދޫ

11- ތ. ކިނބިދޫ

ސަރުކާރުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ގިނަ ފަރާތްތަކާ ހަވާލުކުރަމުން އަންނައިރު، ދާދިފަހުން ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއްވެސް ވަނީ ހަވާލުކޮށްފައެވެ.

އަދި 6 ރަށެއްގެ ސިއްހީ މަރުކަޒު ތަރައްގީކުރުމަށް ވެސް ހަވާލުކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް