އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނަށް ދޭ ޚާއްޞަ އިނާޔަތްތައް އުވާލަން ސްރީލަންކާ ސަރުކާރުން ނިންމައިފި

ސްރީލަންކާ ސަރުކާރުން އެ ޤައުމުގައި ރައީސްކަން ކޮށްފައިވާ ފަރާތްތަކާއި މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް މިހާތަނަށް ދެމުން އައި ޚާއްޞަ އިނާޔަތްތައް އުވާލުމަށް ނިންމާއިފިއެވެ.

މި ނިންމުމާ ގުޅިގެން ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ހުއްޓާލުމަށް ތައްޔާރުކޮށްފައިވާ ބިލުގެ ޑްރާފްޓް މިހާރު ގެޒެޓް ކުރެވިފައިވާ ކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފައިވެއެވެ.

1986 ވަނަ އަހަރު ފާސްކުރި ރައީސުންނަށް ދޭ އިނާޔަތްތަކާބެހޭ ޤާނޫނުގެ ދަށުން، ސްރީލަންކާގެ ކުރީގެ ރައީސުންނާއި އެ ބޭފުޅުންގެ ޢާއިލާތަކަށް ގިނަގުނަ އިނާޔަތްތައް ލިބެމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި ބޯހިޔާވަހިކަން، ޕެންޝަން، އެލަވަންސްތަކާއި ސެކްރެޓޭރިއަލް އެލަވަންސް، ދަތުރުފަތުރުގެ ޚިދުމަތްތަކާއި އެހެނިހެން ވަސީލަތްތައް ހިމެނެއެވެ. މީގެ އިތުރުން ކުރީގެ ރައީސުންގެ އަނބިކަނބަލުންނަށް ވެސް މަހަކު މަހަކުން ޚާއްޞަ އިނާޔަތްތައް ދެމުން އައެވެ.

ފާއިތުވި ހަފްތާގައި މި ބިލު ގެޒެޓްކޮށް މަޖިލީހަށް ހުށަހެޅުމަށް ވަޒީރުންގެ މަޖިލީހުން ހުއްދަ ދީފައިވާއިރު، މީގެ ކުރިން ޖޫން މަހުގައި 1977 ވަނަ އަހަރުގެ މަޖިލީހުގެ ޕެންޝަނާ ބެހޭ ޤާނޫނު އުވާލުމަށްޓަކައި ބިލެއް ޑްރާފްޓް ކުރުމަށް ވެސް ހުއްދަ ދީފައިވެއެވެ.

މި އިޞްލާޙުތަކުގެ ދަށުން، ފަސް އަހަރުގެ އެއް ދައުރު ފުރިހަމަކުރުމުން މަޖިލިސް މެންބަރުންނަށް މުޅި އުމުރަށް ލިބެމުން އައި ޕެންޝަން އިނާޔަތް ނިމުމަކަށް އަންނާނެ ކަމަށް ސްރީލަންކާ ސަރުކާރުން ބުނެފައިވެއެވެ. މި ފިޔަވަޅުތަކަކީ އެ ޤައުމުގެ މިހާރުގެ ސަރުކާރުން އިޤްތިޞާދީ އިޞްލާޙުތަކުގެ ތެރެއިން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ބައެއް ކަމަށް ވެސް ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް