ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ހަތަރު ރަށެއްގައި އައުޓްޑޯ ޖިމް ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި

ހަތަރު ރަށެއްގައި އައުޓްޑޯ ޖިމް ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.

އާރުޑީސީން ބުނީ، ހަތަރު ރަށެއްގައި އައުޓްޑޯ ޖިމް ހެދުމުގެ މަސައްކަތާއި، އެއް ރަށުގައި ފުޓްސަލް ދަނޑެއް ތަރައްޤީ ކުރުމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި އެ ކޯޕަރޭޝަނާ ދެމެދު، މިއަދު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ.

ހަތަރު ރަށެއްގައި އައުޓްޑޯ ޖިމް ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރުން | ފޮޓޯ: އާރުޑީސީ

އެގޮތުން އާރްޑީސީއާ ހަވާލު ކޮށްފައިވަނީ:

ރ. މާކުރަތުގައި އައުޓްޑޯ ޖިމްއެއްގެ މަސައްކަތް. އެއީ 60 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަސައްކަތެއް. އެ މަޝްރޫއުގެ އަގަކީ 453،000 ރުފިޔާ.

 ކ. މާފުށީގައި އައުޓްޑޯ ޖިމްއެއްގެ މަސައްކަތް. އެއީ 60 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަސައްކަތެއް. އެ މަޝްރޫއުގެ އަގަކީ 291،600 ރުފިޔާ.

ހަތަރު ރަށެއްގައި އައުޓްޑޯ ޖިމް ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރުން | ފޮޓޯ: އާރުޑީސީ

ކ. ގާފަރުގައި އައުޓްޑޯ ޖިމްއެއްގެ މަސައްކަތް. އެއީ 60 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަސައްކަތެއް. އެ މަޝްރޫއުގެ އަގަކީ 453،000 ރުފިޔާ.

ތ. ތިމަރަފުށީ ފުޓްސަލް ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތް. އެއީ 120 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަސައްކަތެއް. އެ މަޝްރޫއުގެ އަގަކީ 1،765،248.12 ރުފިޔާ.

ލ. ކަލައިދޫ އައުޓްޑޯ ޖިމްގެ އިކުއިޕްމެންޓް ބަދަލު ކުރުމުގެ މަސައްކަތް. އެއީ 60 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަސައްކަތެއް. އެ މަޝްރޫއުގެ އަގަކީ 291،600 ރުފިޔާ.

ގުޅުންހުރި ލިޔުންތައް