އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ސަރވާ އަށް ދިމާވި މައްސަލައަކާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިއްޖެ

ޓްރާންސްޕޯޓް މިނިސްޓްރީގެ ސަރވަރ އަށް ދިމާވި މައްސަލައަކާއި ގުޅިގެން ޚިދުމަތްތައް މެދުކެނޑިއްޖެއެވެ.

އެމިނިސްޓްރީން މިއަދު ބުނީ މިނިސްޓްރީގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކެނޑިފައިވާ ކަމަށެވެ.

“މިވަގުތު އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދޭ. މި ދަތި ވަގުތުގައި ތިޔަ އެންމެހައި ބޭފުޅުން ދެއްވާ އެއްބާރުލެއްވުމާއި ކެތްތެރިކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން“ މިނިސްޓްރީން ސޯޝަލް މީޑިއާގައިކޮށްފައިވާ ޕޯސްޓެއްގައިވެއެވެ.

ގުޅުންހުރި ލިޔުންތައް