އާދިއްތަ, ޖުލައި 27, 2025
spot_img
- Advertisement -spot_img

މިނިވަން ދުވަހުގެ ޕެރޭޑް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލައްވައިފި

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ، މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ އަސްކަރީ ޙަރަކާތްތައް ހިމެނޭ ޕެރޭޑް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައްލަވާލައްވައިފިއެވެ.

މި ޕެރޭޑްގައި ޤައުމިއްޔަތާއި ދިވެހި ސަގާފަތް ދައްކުވައިދޭ ގިނަ ސަގާފީ ކުޅިވަރުތައްވެސް ފެނިގެންދިޔައެވެ.

މިނިވަން ދުވަހުގެ ޕެރޭޑް | ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޕެރޭޑް ބައްލަވާލެއްވުމަށް، ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ، މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫން އާއި މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަޞީރު އިބްރާހީމްއެވެ.

މިނިވަން ދުވަހުގެ ޕެރޭޑް | ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ޕެރޭޑްގައި އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ނަރެންދްރަ މޯދީގެ އިތުރުން ބޭރު ޤައުމުގެ ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އަސްކަރީ ޕެރޭޑް ބައްލަވާލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ކުރީގެ ރައީސުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައްޔިތުންގެ މަޖިލިހުގެ ރައީސް، ވަޒީރުން، އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި އާންމުންގެ ގިނަ ބަޔަކުވެސް ބައިވެރިވެރިވިއެވެ.

ގުޅުންހުރި ލިޔުންތައް