އަންގާރަ, ޖުލައި 29, 2025
spot_img
- Advertisement -spot_img

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި ބައްދަލުކުރައްވައިފި

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީއާއި ބައްދަލުކުރައްވައިފިއެވެ.

މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާގޮތުން ރައީސް އަބްދުއްރަހީމްވަނީ ބޮޑުވަޒީރު މޯދީގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއްކުރައްވާފައެވެ. މި ބައްދަލުވުމުގައި ޕީއެންސީގެ ޕީޖީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހުގެ އިތުރުން މަޖިލީހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އިންޑިއާގެ ފަރާތުން އެ ގައުމުގެ ހާރިޖީ ވަޒީރު ޑރ ސުބްރަމާނިޏަމް ޖައިޝަންކަރު ބައިވެރިވެވަޑައިގެންނެވިއިރު ހައިކޮމިޝަންގެ ބޭފުޅުންވެސް ތިއްބެވިއެވެ.

ބޮޑުވަޒީރު މޯދީ މަޖިލީހުގެ ރައީސްއާއި ބައްދަލުކުރެއްވުން

އިންޑިއާގެ ބޮޑުވަޒީރު މޯދީވަނީ އަމިއްލަ އެކްސް އެކައުންޓު މެދުވެރިކޮށް މި ބައްދަލުވުން ކުރިއަށް ގެންދިޔަކަން ހިއްސާކުރައްވާފައެވެ. މިގޮތުން ބައްދަލުވުމުގެ ތެރެއިން އިންޑިއާ ރާއްޖޭގެ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއިމެދު މަޝްވަރާކުރެވިފައިވާއިރު ދެ ގައުމުގެ މަޖިލީހުގެ ދެމެދު އޮތް ގުޅުމުގެ މައްޗަށްވެސް އަލިއެޅުއްވިކަމަށް ހިއްސާކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް