އަންގާރަ, ޖުލައި 29, 2025
spot_img
- Advertisement -spot_img

ދިވެހިރާއްޖެ އާއި އިންޑިއާގެ އެކުވެރިކަން ބިނާވެފައިވަނީ ހަރުދަނާ ގުޅުންތަކާއި، ސާބިތު ބައިވެރިވުންތަކުގެ މައްޗަށް: ރައީސް

ދިވެހިރާއްޖެ އާއި އިންޑިއާގެ އެކުވެރިކަން ބިނާވެފައިވަނީ ހަރުދަނާ ގުޅުންތަކާއި، ސާބިތު ބައިވެރިވުންތަކުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ މަނިކުފާނުގެ ޝަރަފުގައި ރޭ ބޭއްވެވި ފުރަމާނަ ޖާފަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހިރާއްޖެ އާއި އިންޑިއާގެ 60 އަހަރުވީ ޚާރިޖީ ގުޅުމަށް އަލިއަޅުއްވާލައްވަމުން އެ މަނިކުފާނު ވަނީ، ދެ ޤައުމުން ހިއްސާކުރާ ތާރީޚާއި ދެ ޤައުމުގެ ސާބިތު ބައިވެރިވުންތަކަށް އިޝާރާތްކުރައްވާފައެވެ.

މޯދީގެ ޝަރަފުގައި ބޭއްވެވި ފުރަމާނަ ޖާފަތުގެ ތެރެއިން | ފޮޓޯ: ރައީސް އޮފީސް

ދެ ޤައުމުގެ ގުޅުމުގެ ޙުދޫދަކީ ހަމައެކަނި ޚާރިޖީ ގުޅުންތައް ނޫންކަމަށާއި، ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން މޫލާފައިވަނީ އެތައް ޤަރުނެއް ކުރީއްސުރެ ޤާއިމުވެ ބަދަހިވަމުންގޮސްފައިވާ އެކުވެރިކަމުގެތެރެއިން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އިންޑިއާ ކަނޑަކީ މި ގުޅުމުގެ ދިރުންހުރި ދަލީލެއްކަމަށް ވިދާޅުވެ، ވިޔަފާރީގެ ބައިވެރިންގެ ގޮތުގައި އަދި އަވައްޓެރީންގެ ގޮތުގައި ދެ ޤައުމުން ބިނާކޮށްފައިވަނީ ކަނޑާނުލެވޭ ފަދަ ވަރުގަދަ ގުޅުމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މޯދީގެ ޝަރަފުގައި ބޭއްވެވި ފުރަމާނަ ޖާފަތުގެ ތެރެއިން | ފޮޓޯ: ރައީސް އޮފީސް

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާ އެހީތެރިކަމާއި، އެ ޤައުމުން ދިވެހިރާއްޖެއާ އެކު ބާއްވަވާ އިޚްލާސްތެރި ރަޙުމަތްތެރިކަމަށްޓަކައި އެ މަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މޯދީގެ ޝަރަފުގައި ބޭއްވެވި ފުރަމާނަ ޖާފަތުގެ ތެރެއިން | ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން، ދިވެހި ސަރުކާރުގެ ޢަޒުމަކީ، ޝާމިލު އަދި ދިރުންހުރި އިޤްތިޞާދެއް ބިނާކޮށް، ޒުވާނުން ބާރުވެރިކޮށް، ސަރަޙައްދީ ގޮތުން އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރެއްވުން ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މި ޢަމާޒަށް ވާޞިލުވުމުގައި އިންޑިއާގެ އެހީތެރިކަމުގެ ބޭނުން ބޮޑުވާނޭކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޮޑުވަޒީރު މޯދީ ދެއްކެވި ވާހަކަފުޅުގައިވެސް ވަނީ، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިތުބާރާއި، ދެ ޤައުމުގެ ދެމެދުގައިވާ ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެ ޤައުމުގެ ޘަޤާފީ ގުޅުންތަކުން އެތައް ޖީލެއް މުއްސަނދިކޮށްދީފައިވާކަމަށް ވިދާޅުވެ، ފަރުދީ ފެންވަރެއްގައި ދެ ޤައުމުގެ ގުޅުން ބަދަހިކޮށްދެނީ ހިއްސާކުރާ ތަރިކަތަކުންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް