އަންގާރަ, ޖުލައި 29, 2025
spot_img
- Advertisement -spot_img

ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑުވަޒީރު އެމްއެންޑީއެފް ގެ އާ އިމާރާތް ހުޅުއްވައިދެއްވައިފި

ރައިސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އައު އިމާރާތް، ދޮށިމޭނާ ބިލްޑިންގް ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑުވަޒީރު އެމްއެންޑީއެފް ގެ އާ އިމާރާތް ހުޅުއްވައިދެއްވި ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ރައީސް އޮފީސް

ދޮށިމޭނާ ބިލްޑިންގް ހުޅުވުމުގެ ރަސްމިއްޔާތުގައިބައިވެރިވެ ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެ ސަރަޙައްދަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އައު އިމާރާތް، ދޮށިމޭނާ ބިލްޑިންގް އިފްތިތާހު ކުރުމުގެ ކުރިން ވަނީ އައު ޢިމާރާތް ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑުވަޒީރު އެމްއެންޑީއެފް ގެ އާ އިމާރާތް ހުޅުއްވައިދެއްވި ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ރައީސް އޮފީސް

އެއަށްފަހު ދެ ބޭފުޅުން ވަނީ އެ އިމާރާތް ހުޅުއްވައިދެއްވާ، އިމާރާތް ބައްލަވާލައްވާފައެވެ.

ބޮޑުތަކުރުފާނުމަގުގައި ހުންނަ، އަލަށް އިފްތިތާހުކުރި މި ޢިމާރާތަކީ ދިވެހިރާއްޖޭގެ ސިފައިންގެ ޚިދުމަތް ފުޅާކޮށް ޒަމާނީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަސައްކަތުގެ ބައެކެވެ.

ގުޅުންހުރި ލިޔުންތައް