ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ޔޫތު ވޮލަންޓިއަރުންނަށާއި މުވައްޒަފުންނަށް އެމްއެންޑީއެފް މެޑިކަލް ކޯރއިން ފަސްޓް އެއިޑް އެވެއަރނަސް ޕްރޮގްރާމެއް ހިންގައިފިއެވެ.

ޖުލައި 22ވަނަ ދުވަހު ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ފިޓްނަސް ރޫމުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ އަވަސްފަރުވާ ލިބެންޖެހޭ ހާލަތުގައި ކަން ކުރަންވީ ގޮތާ ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ގޮތުން ހިންގި ޕްރޮގްރާމެކެވެ.

އެ ވުޒާރާގެ 3 ވޮލަންޓިއަރުންނާއި، 19 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމްގައި ކިޔަވައިދެއްވީ އެމްއެންޑީއެފް މެޑިކަލް ކޯރގެ މެޑިކުންނެވެ.