އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ބޭސްލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް، ބޭސް އެތެރެކުރާ ފަރާތްތަކަށް ފޯރަމެއް ބާއްވައިފި

ބޭސްލިބުމުގައި ދިމާވާ ދަތިތައް ހައްލުކޮށް ޞިއްޙީ ނިޒާމަށް ބޭނުންވާ ބޭސް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުތެރެއިން މެޑިސިންގ އިމްޕޯޓާރސް ފޯރަމް ބާއްވައިފިއެވެ .

މެޑިސިންގ އިމްޕޯޓާރސް ފޯރަމްގެ ތެރެއިން | ފޮޓޯ: ހެލްތް މިނިސްޓްރީ

މި ފޯރަމްގެ މަޤްސަދަކީ ދިވެހިރާއްޖެއަށް ބޭސް ލިބުމުގައި ހުރި ދަތިތައް ދެނެގަނެ މިކަން ޙައްލު ކުރުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުން ކުރެވިދާނެ މަސައްކަތްތައް ދެނެގަނެ އިދާރާތައް އަދި ބޭހުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމެވެ.

މެޑިސިންގ އިމްޕޯޓާރސް ފޯރަމްގެ ތެރެއިން | ފޮޓޯ: ހެލްތް މިނިސްޓްރީ

މިފޯރައަކީ މިނިސްޓަރ އޮފް ހެލްތު އަބްދުއްﷲ ނާޘިމް އިބްރާހިމްގެ އިސް ނެގުވުމުގެ ދަށުން މޯލްޑިވްސް ފުޑް އެން ޑްރަގް އޮތޯރިޓީން ބޭއްވި ފޯރަމެކެވެ. މިފޯރަމްގައި ބޭސް އިމްޕޯޓަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ 22 ކުންފުންޏަކުން 44 ފަރާތް ބައިވެރިވިއެވެ. އަދި މީގެއިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ވެސް ވަނީ ބައިވެރިވެފައެވެ.

މެޑިސިންގ އިމްޕޯޓާރސް ފޯރަމްގެ ތެރެއިން | ފޮޓޯ: ހެލްތް މިނިސްޓްރީ

މި ފޯރަމްގައި ދިވެހިރާއްޖެއަށް ބޭސް ލިބުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވި މިހާރު ހެދިފައިވާ ޤަވާއިދު ތަކާއި އުސޫލުތަކުގެ ތެރެއިން ބޭސް އެތެރެކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވި ދިމާވާ ގިނަ މައްސަލަތައް ހައްލުކުރެވިގެންދާނެއެވެ .

ގުޅުންހުރި ލިޔުންތައް