ޕެންޝަން އޮފީހުގެ ސީއެސްއާރް ގްރާންޓް ޕްރޮގްރާމުގެ ދަށުން މިއަހަރު (2025) ގްރާންޓް ލިބޭފަރާތްތައް އިޢުލާންކޮށްފިއެވެ.
މިޕްރޮގްރާމަކީ ވިލުންވެރި އަދި އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާ ތަފާތު ދާއިރާތަކުން އިޖުތިމާއީ ފެންވަރުގައި ހިންގާ ހަރަކާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ އެފަދަ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހިތްވަރުދިނުމުގެ މަގުސަދުގައި ތައާރަފުކޮށްފައިވާ ޕްރޮގްރާމެކެވެ.
އެގޮތުން، މި ޕްރޮގްރާމުގެ ދަށުން އަމިއްލަ ޖަމުއިއްޔާ ޖަމާއަތްތަކާއި، ތައުލީމާއި ތަމްރީންދޭ ފަރާތްތަކުން އިޖުތިމާއި ދުޅަހެޔޮކަމާއި ވިލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމުތަކާއި، ފައިނޭންޝަލް ލިޓްރަސީ ނުވަތަ މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތަކަށް 200،000ރ. އާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
މި އަހަރު ގްރާންޓް ޕްރޮގްރާމުގެ ދަށުން ޖުމްލަ 4 ފަރާތަކާއެކު މިއަދު ވަނީ ގްރާންޓް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ ފަރާތްތައް އަދި އެ ފަރާތްތަކުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކަކީ:
މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަން – ގައިޑިން ޖެނެރޭޝަންސް
ދަ އީކޯ އޯގަނައިޒޭޝަން – ޕްރޮޖެކްޓް ހޭވަން
ޑައިބެޓީޒް ސޮސައިޓީ އޮފް ދަ މޯލްޑިވްސް – ޑައިބެޓީޒް އެޑިއުކޭޓަރ ކޯސް 2
މާއްޓޭ ސްޕޯޓްސް – ބިލްޑިންގް ރެޒިލިއެންޓް އެންޑް އިންކްލޫސިވް ކޮމިއުނިޓީސް
ސީ.އެސް.އާރު ގްރާންޓް ޕްރޮގްރާމް ހިމެނެނީ ޕެންޝަން އޮފީހުގެ ފަރާތުން މުޖުތަމައުގެ ތެރޭގައި ދުޅަހެޔޮކަމާއި ވިލުންތެރިކަން އިތުރުކޮށް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިންނެވެ.
މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު https://pension.gov.mv/en/csr އިން ލިބިވަޑައިގަންވާނެކަމަށް ޕެންޝަން އޮފީހުން މަޢުލޫމާތު ދެއެވެ.



