ބުރާސްފަތި, ޑިސެމްބަރ 11, 2025
spot_img
- Advertisement -spot_img

ރައީސުލްޖުމްހޫރިއްޔާ، ނ. ކެނދިކުޅުދޫ މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކެނދިކުޅުދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ކެނދިކުޅުދޫ ކައުންސިލް އިދާރާގައެވެ.

ރައީސުލްޖުމްހޫރިއްޔާ، ނ. ކެނދިކުޅުދޫ މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

ކެނދިކުޅުދޫ ކައުންސިލްގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެ ރަށުގައި އާރް.ޓީ.އެލް. ބަހުގެ ޚިދުމަތް ދެއްވަން ފެއްޓެވުމުން އުފާކުރައްވާ ކަމުގައި ވިދާޅުވިއެވެ. ރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ސްކޫލްގެ މަޝްރޫޢުގެ އިތުރުން އަލަށް މީހުން އާބާދުވި ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ދިނުމާއި ފެނާއި ނަރުދަމާގެ މަސައްކަތް އަވަސް ކުރުމަށްވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނެވެ.

ރައީސުލްޖުމްހޫރިއްޔާ، ނ. ކެނދިކުޅުދޫ މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި މި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ރަށުގައި އާރް.ޓީ.އެލް. ބަހުގެ ޚިދުމަތް އިފުތިތާހުކޮށްދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް