ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައި އޮތަސް މިހާރު ފްލެޓް ލިބޭގޮތަށް އުސޫލު ބަދަލުކޮށްފި

”ބިންވެރިޔާ“ ސްކީމްގެ ދަށުން އަނބިމީހާ އާއި ފިރިމީހާއަށް ގޯތި ލިބިފައި ވާނަމަ، ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ފްލެޓު ލިބޭނީ އެ ގޯތި ދޫކޮށްލުމުން ކަމަށް ނިންމި ނިންމުން ހައުސިން މިނިސްޓްރީން ބަދަލުކޮށްފިއެވެ.

މިދިޔަ މޭ މަހުގެ 29ވަނަ ދުވަހު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ވަނީ، ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ފްލެޓް ލިބޭނީ ބިންވެރިޔާގެ ދަށުން ގޯތި ލިބިފައިވާ އަނބިމީހާ ނުވަތަ ފިރިމީހާގެ ތެރެއިން ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށް ކަމަށެވެ.

ނަމަވެސް ރޭގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ކުރި ޢިއުލާނެއްގައި ބުނެފައިވަނީ އެ ވުޒާރާގެ ނިންމުން ބަދަލު ކުރީ ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާ ސަރުކާރަށް ލިބުމުން ކަމަށެވެ. އަދި ބިންވެރިޔާ ސްކީމުގެ ދަށުން ލިބިފައިވާ ބައެއް ގޯތިތައް ބިނާ ކުރަން ވަގުތު ނަގާނެތީ އެކަމަށް ވެސް ރިއާޔަތްކޮށްފައިވާނެ ކަމަށް ވުޒާރާ އިން ވިދާޅުވިއެވެ.

އެގޮތަށް އަމަލު ނުކުރަން ނިންމީ ބިންވެރިޔާ ސްކީމްގެ ދަށުން ބިން ދޫކުރުމަށް ހަމަޖެހިފައިވާ ހުޅުމާލޭގެ ތިންވަނަ ފިޔަވައްސާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދާތީ އާއި، ހިއްކާފައިވާ ބައެއް ބިންތަކުގައި އިމާރާތްކޮށް ބިންވެރިން ދިރިއުޅެން ފެށުމަށް ވަގުތު ނަގާނެތީ ކަމަށް ވެސް ވިދާޅުވިއެވެ.

އެވުޒާރާއިން ވިދާޅުވީ ނޮވެމްބަރު 15، 2023ގައި އާންމުކުރި ފްލެޓު ލިސްޓުގައި ވާ އެއްވެސް ފަރާތަކަށް، ބިންވެރިޔާ ސްކީމުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ އެއްވެސް ފަރާތަކަށް ޝަރުތު ހަމަނުވާކަމުގެ ލިޔުން މިހާތަނަށް ފޮނުވާފައި ނުވާނެ ކަމަށެވެ.

ސަރުކާރުން މިހާރު ދަނީ 4000 ހައުސިން ޔުނިޓް ހަވާލުކުމުގެ މަސައްކަތަށް ތައްޔާރުވަމުންނެވެ. އެގޮތުން އަންނަ ހޯމަ ދުވަހު ކޮންޓްރެކްޓްގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެއެވެ.

ގުޅުންހުރި ލިޔުންތައް