ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

މިލަންދޫގައި ތަރައްޤީކޮށްފައިވާ ވޮލީބޯޅަ ކޯޓުގެ މަސައްކަތް ނިންމާލައިފި

ށ. މިލަންދޫގައި ތަރައްޤީކުރި ވޮލީބޯޅަ ކޯޓުގެ މަސައްކަތް ނިންމާލައިފިއެވެ.

އެގޮތުން މިލަންދޫގައި ތަރައްޤީކުރި މި ވޮލީބޯޅަ ކޯޓުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރުން މި މަޝްރޫޢުއަށް ފަންޑުކޮށްގެން، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އެހީތެރިކަމާއެކުއެވެ.

މިލަންދޫގައި ތަރައްޤީކޮށްފައިވާ ވޮލީބޯޅަ ކޯޓު | ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

މިލަންދޫ ކައުންސިލުގެ ރައީސް އަބްދުالله އާތިފް ”ތިލަދުން“ އަށް ވިދާޅުވީ، ރަށުގައި ތަރައްޤީކުރި މި ވޮލީބޯޅަ ކޯޓު ރައްޔިތުންނަށް ވަރަށް އަވަހަށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ޙާއްސަ ރަސްމިއްޔާތަކާއެކު ވޮލީބޯޅަ ކޯޓު ހުޅުވުމަށް ހަމަޖެހިފަވާކަމަށެވެ.

މި މަޝްރޫޢު އަކީ މިލަންދޫގައި ވޮލީ ކުޅެން ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް ލިބުނު ރަނުގެ ފުރުސަތެއްކަމާއި، އެކަމަށް ޝައުޤުވެރިވާ ޒުވާނުންގެ ހުނަރު އިތުރުކޮށް ތަމްރީނު ހޯދުމަށް ލިބިގެންދިޔަ އިތުރު ފުރުސަތެއް ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މިލަންދޫގައި ތަރައްޤީކޮށްފައިވާ ވޮލީބޯޅަ ކޯޓު | ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

މިލަންދޫ ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ، މިކަހަލަ ކޯޓެއް ރަށުގައި ޤާއިމްވުމަކީ ވޮލީބޯޅަ މުބާރާތް ބާއްވައި ހިންގުމަށް އިތުރަށް ފަހިވެގެންދާނެކަމެއްކަމަށާއި، އަދި މިކަން ހަޤީގަތަކަށް ހެދުމަށް އެހީތެރިކަން ދެއްވި ފަރާތްތަކަށް ރައީސް ވަނީ، މިލަންދޫ ކައުންސިލާއި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވާފައެވެ.

ހަވާލުކުރެވުނުތާ 4 މަސްދުވަހުގެ ތެރޭގައި ތަރައްޤީކުރި މި މަޝްރޫޢުގެ ޖުމްލަ އަގަކީ 4.9 މިލިއަން ރުފިޔާއެވެ.

ގުޅުންހުރި ލިޔުންތައް