ފަރުމަހާއި މިޔަރާ މަޑީގެ އާބާދީ ދެނެގަތުމަށް މާލެ އަތޮޅުގައި ހާއްސަ ސާވޭ އެއް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
މި ސާވޭ ފަށާފައި ވަނީ މިމަހުގެ 3 ވަނަ ދުވަހު އެވެ. މި މަހުގެ 16 ވަނަ ދުވަހާއި ހަމައަށް މި ސާވޭ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ސާވޭ އަކީ ގްލޯބަލް ފިންޕްރިންޓް ޕްރޮޖެކްޓްގެ ދަށުން މޯލްޑިވްސް މެރިން ރިސާޗް ސެންޓަރާއި މޯޓޭ މެރިން ލެބް ގުޅިގެން ކުރިއަށްގެންދާ ސާވޭއެކެވެ.
މި ސާވޭގެ މައިގަނޑު ބޭނުމަކީ ފަރުމަހާއި މިޔަރުގެ އިތުރުން މަޑީގެ އަބާދީ ދެނެގަތުމަށް ކުރިއަށްގެންދާ ސާވޭއެކެވެ. މި ސާވޭގައި ބެއިޓްޑް ރިމޯޓް އަންޑަވޯޓާ ވީޑިއޯ ސިސްޓަމްސް (ބީއާރުޔޫވީއެސް) ވަނީ ބޭނުންކޮށްފައެވެ.