ބުރާސްފަތި, ޖުލައި 17, 2025
spot_img
- Advertisement -spot_img

ފ އަތޮޅުގައި ކުރިއަށްގެންދިޔަ އިބަމަ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފ. އަތޮޅުގެ އިޖުތިމާއީ ބަދަހި މަދަދުވެރިންނަށް އަމާޒުކޮށްގެން ހަތަރު ދުވަހުގެ މުއްދަތަށް ހިންގި ތަމްރީނު ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

މި ތަމްރީނު ޕްރޮގްރާމްގެ އެންމެ ފަހު ސެޝަންތަކުގައި އަލިއަޅުވާލައިފައިވަނީ ނާޒުކު ހާލަތްތަކުގައިވާ ފަރާތްތައް ދެނެގަންނާނެ ގޮތާއި، އެ ފަރާތްތަކުގެ ހާލަތު ވަޒަންކުރުމަށް އެސެސްމެންޓް ކުރިއަށްގެންދާނެ ގޮތަށެވެ. އޭގެ އިތުރުން، މި އެސެސްމަންޓަށް ބިނާކޮށް، އެ ފަރާތްތަކަށް އެހީތެރިވުމަށް އިންޓަވެންޝަން ޕްލޭންތައް އެކުލަވާލާނެ ގޮތުގެ މަޢުލޫމާތުވެސް ބައިވެރިންނާ ވަނީ ހިއްސާކޮށްފައެވެ.

ފ އަތޮޅުގައި ކުރިއަށްގެންދިޔަ އިބަމަ ތަމްރީން ޕްރޮގްރާމް

ފ. ނިލަންދޫގައި ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ފ އަތޮޅުގެ ރަށް ރަށުގެ އިބަމަ މެންބަރުންގެ ތެރެއިން 26 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ.

ގުޅުންހުރި ލިޔުންތައް