- Advertisement -spot_img

ސައުދީ ސަރުރާކާއި ގުޅިގެން ކުރިޔަށް ގެންދިޔަ ދައުރާ ޢިލްމިއްޔާ ކާމިޔާބުކަމާއެކު ނިންމާލައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ގުޅިގެން ކުރިއަށް ގެންދިޔަ ދަޢުރާ ޢިލްމިއްޔާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ދައުރާގެ ދަންފަޅިތައް ނަންގަވައިދެއްވީ ސަޢުދީ ޢަރަބިއްޔާއިން ވަޑައިގެންނެވި ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ބަދުރު ޙަމަދުއް ދައުލީއެވެ.

މި ދައުރާގައި ޢިލްމީ އެކި ކަންކަމާއި ގުޅޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެއްވާފައެވެ. މި ދައުރާގައި ދީނީ ޢިލްމުވެރިންނާއި، ޚަޠީބުންނާއި، އިމާމުން ހިމެނޭހެން 65 ބައިވެރިން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑަންސްއާއި ގުޅިގެން މީގެ ކުރިން އަޤީދާއާއި ގުޅޭ ތިން ދައުރާއެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް