އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

މިދިޔަ މަހު ރާއްޖެއިން ބޭރުން ފަރުވާކުރުމަށް އެންސްޕާއިން 8.1 މިލިއަން ރުފިޔާ ޚަރަދުކޮށްފ

މިދިޔަ މަހު ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށް 8.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.

އެންސްޕާއިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި ޖޫން މަހު އެ އެޖެންސީން ވަނީ ބޭސްފަރުވާ އެހީގެ ގޮތުގައި ޖުމުލަ 25،811،205.43ރ. ދޫކޮށްފައެވެ. މީގެ ތެރެއިން 17،710،575.57ރ. ދޫކުރި ރާއްޖެއިން ފަރުވާކުރުމަށް ކަމަށްވާއިރު، 8،100،629.86ރ. ދޫކޮށްފައިވަނީ ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށެވެ.

މީގެ އިތުރުން މިދިޔަ މަހު ބޭސްފަރުވާ އެހީ އެންމެ ގިނައިން ދީފައިވަނީ ނޭވާލާ ނިޒާމުގެ ބަލިތަކަށެވެ. މިގޮތުން އެ ބައްޔަށް 112 ފަރާތަކަށް އެހީ ދޫކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން އެހީ ދޫކުރީ މައިބަދަ/ނާރުގެ ބަލިތަކަށް ފަރުވާ ކުރުމަށް 111 ފަރާތަކަށެވެ.

އަދި ކަށީގެ ބަލިތަކަށް 104 ފަރާތަކަށް އެހީ ދުކޮށްފައިވާއިރު، ވިހެއުމާގުޅޭ މައްސަލަތަކަށް 99 ފަރާތަކަށް އަދި ކެންސަރު ބަލީގެ ފަރުވާއަށް 99 ފަރާތަކަށް މިދިޔަ މަހު އެހީ ދީފައިވެއެވެ.

މިދިޔަ މަހު އެންމެ މަދުން އެހީ ދޫކޮށްފައިވަނީ ތެލަސީމިއާ ބައްޔަށެވެ. މިގޮތުން ތެލަސީމިއާ ބައްޔަށް މިދިޔަ މަހު އެހީ ދީފައިވަނީ 10 ފަރާތަކަށެވެ.

ގުޅުންހުރި ލިޔުންތައް