ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ވިޒިޓް މޯލްޑިވްސް އިން އާ ލޯގޯއަކާއި އާ ބްރޭންޑް އައިޑެންޓިޓީއެއް އާންމުކޮށްފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ދިވެހިރާއްޖޭގެ މަޝްހޫރު ޓޫރިޒަމް ބްރޭންޑަށް ގެނެވުނު ވިސްނުންތެރި އިޞްލާޙުތަކެއް ތަމްސީލުކުރާ، އިތުރަށް ފުރިހަމަކުރެވިފައިވާ ލޯގޯއަކާއި މުޢާޞަރުކުރެވިފައިވާ ބްރޭންޑް އައިޑެންޓިޓީއެއް ޢާންމުކޮށްފިއެވެ.

މަދު އިޞްލާޙުތަކެއް ނަމަވެސް، މިއީ ރޭވުންތެރިކަމާއެކު ގެނެވިފައިވާ ބަދަލުތަކެއް ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. މި ބަދަލުތަކުގެ ސަބަބުން، ހުރިހާ ވަސީލަތެއްގައިވެސް އެއްހަމަ އަދި ފާހަގަކޮށްލެވޭފަދަ ވިޝުއަލް ޕްރެޒެންސްއެއް ޤާއިމުކުރެވޭނެ އެވެ.

އިތުރަށް ފުރިހަމަކުރުމަށް ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި، ލޯގޯގެ ކުލަތަކުގެ ޓޯންތަކަށް ގެނެވުނު ކުދިކުދި ބަދަލުތަކަކާއި، ހުޅުވިފައިވާ، ހާމަތަންތަނުގައި އިޝްތިހާރު ހަރުކުރެވޭއިރު ބަލާމީހުންނަށް ފަސޭހައިން ދެނެގަނެވޭނެފަދަ ގޮތަކަށް ބައްޓަން ކުރުމަށް ލޯގޯޓައިޕަށް ގެނެވުނު ބަދަލުތައް ހިމެނެއެވެ. މުޅި ސިފަ ކުރިއާ އެއްގޮތަށް ބަހައްޓާފައިވީ ނަމަވެސް، މި އިޞްލާޙުތަކާއެކު ލޯގޯ އެއް ހަމައެއްގައި ބޭނުންކުރެވި، ބްރޭންޑް ރެކޮގްނިޝަން ވަރުގަދަވާނެ އެވެ.

ލޯގޯއަށް ގެނެވުނު އިޞްލާޙުތަކާއެކު، ބްރޭންޑިންގގެ ހަމަތަށްވެސް ވަނީ މުޢާޞަރުކުރެވިފައެވެ. އެގޮތުން ބޭނުންކުރާ ފޮންޓުތަކާއި ލުއިކުރެވިފައިވާ ޑިޒައިން އުންޞުރުތަކުން މަންޒިލާ ގުޅޭ މަންޒަރުތަކަށް އިތުރު އަހައްމިއްޔަތުކަމެއް ދެވި، އިތުރު ގްރެފިކްސްތަކަށް ބަރޯސާވުން މަދުކުރެވޭނެއެވެ. މީގެ ސަބަބުން ހުރިހާ މުޢާމަލާތެއްވެސް އިތުރަށް ސާފުވެ އަދި ގުޅިލާމެހިފައިވާ ވިޝުއަލް ބަހުރުވައެއް ކަށަވަރުވާނެއެވެ.

6 ޖުލައި 2025އިން ފެށިގެން ހުރިހާ މަންޞަތަކެއްގައި އަދި ވަސީލަތްތަކެއްގައިވެސް މިހާރު ބޭނުން ކުރެވެމުންދަނީ އިޞްލާޙުކުރެވިފައިވާ ލޯގޯ އަދި ބްރޭންޑިންގ އުންޞުރުތައް ކަމަށާ މި އިޞްލާޙުތަކުން ދައްކުވައިދެނީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ހުށަހެޅުމަށް ވިޒިޓް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތައް ދެމެހެއްޓުމާއެކު، ދުނިޔޭގެ މަޤްބޫލުކަން ލިބިފައިވާ ބްރޭންޑުގެ އަސްލު ދަމަހައްޓާކަމެއް ކަމަށް ވެސް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް