އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ޒުވާނުންނަށް އަމާޒުކޮށްގެން ހެލްތު ސްކްރީނިން ސެޝަނެއް މިއަދު ހަވީރު ރަސްފަންނުގައި

ޔޫތު ވެލްނެސް ލައުންޖުން ރަސްފަންނުގައި ހާއްސަ ސިއްހީ ސްކްރީނިން ސެޝަނެއް މިއަދު ހަވީރު ބާއްވަން ނިންމައިފިއެވެ.

މި ސެޝަން ކުރިއަށްދާނީ މިއަދު ހަވީރު 16:00 އިން 18:00އަށް ރަސްފަންނުގައެވެ.

މި ސްކްރީނިންގައި ބީ.އެމް.އައި, ހަކުރުގެ މިންވަރު، ލޭގެ ޕްރެޝަރުގެ އިތުރުންވެސް އެހެނިހެން ސިއްހީ މުހިންމު މިންގަނޑުތައް ބެލޭނެއެވެ.

”ޔޫތު ވެލްނެސް ލައުންޖް“ އަކީ ޒުވާނުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ފެށި ހިދުމަތެކެވެ.

މި ހިދުމަތް ކޮންމެ އާދިއްތަ ދުވަހަކު ހަވީރު 4 އިން 6 އަށް ސޯޝަލް ސެންޓަރުން ލިބިގެންދާނެއެވެ.

މި ޚިދުމަތުގެ ދަށުން ވަކިވަކި ފަރުދުންނަށް ސިއްހީ ސްކްރީނިން އާއި، އަމިއްލަ ކޮންސަލްޓޭޝަން އަދި ސިއްހަތާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ހިމެނެއެވެ.

ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް 4000505 ނަންބަރަށް ގުޅައިގެން ނުވަތަ ހިދުމަތް ދޭ ގަޑިތަކުގައި ސޯޝަލް ސެންޓަރަށް ޒިޔާރަތްކޮށްގެން ހިދުމަތް ލިބިގަނެވޭނެއެވެ.

މިއީ ޒުވާނުންގެ ހެލްތު ކެފޭގެ އާ ބްރޭންޑިން އެކެވެ. މިހާރު މިތަން ވަނީ އިތުރަށް ޒަމާނީ ކުރެވި، އަދި ކުރިއަށްވުރެ ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް