އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ހަތަރު ވަޒީރަކާއެކު ”އަހާ“ ފޯރަމް އަންނަ ހޯމަދުވަހު ބާއްވަނީ

ހަތަރު ވަޒީރުންނާއެކު އަންނަ ހޯމަދުވަހުގެ ރޭ ”އަހާ“ ފޯރަމުގެ އައު ޕްރޮގުރާމެއް ކުރިއަށްގެންދާނެކަން ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް)އިން ހާމަކޮށްފިއެވެ.

ޕީއެސްއެމްއިން ބުނި ގޮތުގައި އަންނަ ހޯމަ ދުވަހުގައި އޮންނަ ”އަހާ“ ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާނީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރާއި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބާއި، ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު ޠާރިޤު އިބްރާހީމާއި، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހީމް ވަހީދު (އަސްވާޑް)އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިޔާ ޕަބްލިކް ސާވިސް މީޑިޔާ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ފޯރަމްތަކަކީ އާއްމުންނަށް ބޭނުން ސުވާލެއް ވަޒީރުންނާ ކުރެވޭ ގޮތަށް ކުރިއަށްގެންދާ ފޯރަމްތަކެކެވެ.

ދެ ގަޑިއިރަށް ކުރިއަށްގެންދާ ވަޒީރުންގެ މި ފޯރަމަކީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ މިފަދަ 5 ވަނަ ފޯރަމެވެ.

މި ފޯރަމްގައި ބައިވެރިވެރިވެ އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށް ފަހު، ހުސްތަންކޮޅެއް ދޫކުރުމަށްފަހު ކުރަން ބޭނުންވާ ސުވާލު ލިޔުމަށްފަހު 300 އަށެވެ.

މި ފޯރަމަކީ ހާމަކަން ބޮޑު ގޮތެއްގައި ޖަވާބުދާރީވަނިވި ސަރުކާރެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ދަށުން ބާއްވަމުން އަންނަ ފޯރަމްތަކެކެވެ.

ގުޅުންހުރި ލިޔުންތައް