އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ގުޅީފަޅުގެ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރުން މިއަދު ފަށައިފި

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގުރުއަތު ނެގުމަށްފަހު ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުން މިއަދު ފަށައިފއެވެ.

މިއަދު ހެނދުނު ފެށި މި މަސައްކަތް ކުރިއަށްދަނީ ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތް ބިމުގައެވެ. މި ރަޖިސްޓްރީތައް ދޫކުރުމަށްޓަކައި، ގޯތި ލިބިފައިވާ ކޮންމެ ފަރާތަކަށް ވަކިވަކިން ދުވަހާއި ވަގުތު ކަނޑައަޅައި، އެކަމުގެ މައުލޫމާތު މިނިސްޓްރީން ވަނީ ދީފައެވެ.

ގުޅީފަޅުގެ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރުން | ފޮޓޯ: ހައުސިންގ މިނިސްޓްރީ

 ގުޅީފަޅަކީ މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. ގިނަ ދުވަސްތަކެއް ވަންދެން ގޯތި ލިބި، ރަޖިސްޓްރީއަށް އިންތިޒާރުކުރަމުންދިޔަ ފަރާތްތަކަށް މިއީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ވިދާޅުވީ، ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތްވީހާ ވެސް އަވަހަކަށް ނިންމައި، ގޯތި ލިބިފައިވާ ފަރާތްތަކަށް ބިމުގެ ބާރާއި މިލްކުވެރިކަން އަވަހަށް ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. ގުޅީފަޅު ތަރައްގީކޮށް ނިންމުމަށްފަހު, އެތަނުގައި ދިރިއުޅުން ފެށުމުގެ ފުރުސަތު ގޯތި ލިބުނު ހުރިހާ ފަރާތްތަކަށް ވެސް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް