ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ޗައިނާގެ ބެއިޖިންގައި ބާއްވާ ”ސެމިނާ ފޯ ލޯކަލް ކައުންސިލް މެންބަރސް އޮފް މޯލްޑިވްސް“ ގައި 15 ކައުންސިލަކުން ބައިވެރިވަނީ

ޗައިނާގެ ވެރިރަށް ބެއިޖިންގައި މިމަހުގެ 8 އިން 28 އަށް ”ސެމިނާ ފޯ ލޯކަލް ކައުންސިލް މެންބަރސް އޮފް މޯލްޑިވްސް“ ގެ ނަމުގައި ކައުންސިލްތަކަށް ޚާއްޞަ ސެމިނާއެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ސެމިނާގައި ރާއްޖޭގެ 15 ކައުންސިލަކުންނާއި، އެލްޖީއޭގެ 4 މުވައްޒަފަކާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ އެއް މުވައްޒަފަކު ބައިވެރިވާނެއެވެ.

”ސެމިނާ ފޯ ލޯކަލް ކައުންސިލް މެންބަރސް އޮފް މޯލްޑިވްސް“ ގައިބައިވެރިވާ ފަތާރްތަކާއި ސީއީއޯ ނިމާލް ބައްދަލުކުރެއްވުން | ފޮޓޯ: އެލްޖީއޭ

ޖުމްލަ 20 ބައިވެރިން ހިމެނޭ މި ސެމިނާގެ މައިގަނޑު މަޤްޞަދަކީ ޕަބްލިކް ސަރވިސް އަދި ލޯކަލް ގަވަރނަންސްގެ ދާއިރާއިން ތަޖުރިބާ ބަދަލުކުރުމާއި ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކުރުމެވެ. އަދި މީގެ އިތުރުން، ދިވެހިރާއްޖޭގެ މިނިވަން ތަރައްޤީގެ ޤާބިލުކަން އިތުރުކުރުމަށާއި، ގްލޯބަލް ވިޝަނާއި ލީޑަރޝިޕްގެ ހުނަރު ލިބިފައިވާ ވެރިން އުފައްދައި ހުނަރު ވަރުގަދަކުރުމަށްވެސް މި ސެމިނާގައި އަމާޒުކުރެވިފައިވެއެވެ.

މި ސެމިނާގައި ޗައިނާގެ ޤައުމީ ޙާލަތާއި މޮޑަނައިޒޭޝަންއާ ބެހޭ މަޢުލޫމާތު ހިއްސާކުރެވޭނެކަމަށް ލޯކަލް ގަވަންމަންޓް އޮތޯރިޓީން މަޢުލޫމާތުދެއެވެ. އަދި ޗައިނާގެ ލީޑަރުންގެ ވެރިކަމުގެ ފަލްސަފާއާއި، އިދާރީ އިސްވެރިންގެ ލީޑަރޝިޕް ތަރައްޤީކުރާނެ ގޮތްތަކުގެ މައްޗަށްވެސް އަލިއަޅުވާލެވޭނެއެވެ. މީގެ އިތުރުން، އީ-ގަވަރމަންޓް މެދުވެރިކޮށް އިދާރީ މަސައްކަތުގެ މޮޑަނައިޒޭޝަން އިތުރުކުރުމާއި، ޗައިނާގެ ސިޔާސީ ނިޒާމާއި ލޯކަލް ގަވަރމަންޓް ހިންގުމުގެ ނިޒާމާ ބެހޭ މަޢުލޫމާތުތައްވެސް ބައިވެރިންނާ ހިއްސާކުރެވޭނެކަމަށްވެސް އެ އިދާރާއިން މަޢުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް